ads
ފޮޓޯ: އެމްޓީސީސީ
އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމަށް ގާތައް ސައިޓަށް ގެންގޮސްފި
ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ

އެމްޓީސީސީން ބުނީ އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާތައް މިމަހުގެ 12ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަކަމަަށެއެވެ. އަދި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިމަސްތެރޭ ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

އެ މަޝްރޫއުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،  221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. 

އަދި 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ނެރުބައްތި ހަރުކުރުންވެސް ހިމެނެއެވެ. 

އެ މަޝްރޫއުއަކީ 44.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް