ads
ހޯދަމުންދާ ހަސަން ސުއޫދު——
މަރާމާރީ އަކާއި ގުޅިގެން މީހަކު ހޯދަނީ
ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގޭތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް  ލ.ގަން ތުނޑި، އިހުރާމުގެ، ދިވެހިރައްޔިތެއްކަން އަންގާދޭ ކާޑު ނަންބަރު A309836، ހުސައިން ސުއޫދު 28 އަހަރު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެއެވެ.

އެހެންކަމުން ފުލުހުންވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންވެސް ކޮށްފައެވެ.

ސުއޫދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އެ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށެއެވެ.

އަދި މިމައްސަލައިގެ ތަހުގީގަށް ހުސެއިން ސުއޫދުއަށް ވަނީ މިމަހުގެ 21ވަނަ ދުވަހުގެ ހެނދުނު 10:00އަށް ލ.ގަން ޕޮލިސް ސްޓޭޝަންއަށް ހާޒިރުވުމަށް އަަންގާފައެވެ. 

ފުލުހުން ވަނީ ހަސަން ނިޒާރުގެ ފޯޓޯ އަދި ވަނަވަރުވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް