ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ދިވެހި އާބާދީއަށް ވެކްސިން ދިނުމަށް ފަހު ފަތުރުވެރިންނަށް ވެކްސިން ދެނީ
ދިވެހި އާބާދީއަށް ކޮވިޑް ވެކްސިންދެ ދެ ޑޯޒު ދިނުމަށް ފަހު ދެން މަސައްކަތް ކުރާނީ ފަތުރުވެރިންނަށް ވެކްސިން ދިނުމަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިންނަށް ވެކްސިން ދެވޭނެ އިންތިޒާމާއި ބެހޭގޮތުން ބުދަ ދުވަހު ސީއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫލް ވިދާޅުވީ، އާންމު ހުރިހާ ރައްޔިތުންނަށް ވެކްސިން އެޑްމިނިސްޓާ ކޮށް ނިމުމާއެކު ވަކި އިންތިޒާމެއްގެ ދަށުން ރާއްޖެއަންނަ ފަތުރުވެރިންނަށް ވެކްސިންދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

މި އިންތިޒާމަށް ނަންދެވިފައި ވަނީ "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އެވެ. ކުރުކޮށްލާނަމަ "ދަ ތްރީ ވީ" ޕްރޮގްރާމެވެ.

އެގޮތުން ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ މިޕްރޮގްރާމް ފެށޭނޭ އަވަސްމިނެއް އެނގޭނީ ވެކްސިންގެ ސަޕްލައިއަށް ބަލުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިން ރާއްޖެއަށް އޮންނަ ލޯތްބާއި ގަދަރު އަގުވަޒަންކޮށް، ބޭނުމަކީ ވީހާވެސް ފަސޭހަވާނޭ ގޮތަށް ރާއްޖޭގައި ފަތުރުވެރިކަން އަނެއްކާ އާލާކުރުމެވެ. 

އޭގެ އިތުރުން ސިއްހީ ރައްކާތެރިކަން ހުރިހާ ފަތުރުވެރިނަށާއި ސްޓާފުން އަދި އާއްމު ރައްޔިތުންނަށް އޮތްކަން މިނިސްޓަރު ޔަގީންކޮށްދިނެވެ.

 މިނިސްޓަރު ވިދާޅުވިގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްތްކުރާ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މުވައްޒަފުންނަށް މިހާރު ވަނީ ވެކްސިން ދީފައެވެ. 

މިނިސްޓަރު ވަނީ ދިވެހި ސަރުކާރުން ސިންގަޕޫރުން ވެކްސިން ސަޕްލައި ގެނައުމަށް އެދިފައިވާ ވާހަކަވެސް ފާހަގަ ކުރައްވާފައެވެ. އަދި ސިންގަޕޫރުގެ ޝިޕްމަންޓް ލިބުމުން ވެކްސިން ލިބުމުގަ ހުރި ދަތިކަން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓްރު ވިދާޅުވިގޮތުގައި ރާއްޖެއަށް މިހާތަނަކަށް ލިބިފަިއވާ ވެކްސިނަކީ އިންޑިއާއާއި ޗައިނާއިން ހިލޭ އެހީގެ ދަށުން ފޯރުކޮށްދީފަިއވާ ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީއިން ލިބިފައިވާ ވެކްސިންއެވެ. . 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް