ads
ރިއަލްގެ ކޯޗު ޒިދާން
ރިއަލް މެޑްރިޑް ސެމީއަށް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ލެގުގައި ލިވަޕޫލު މޮޅުވިޔަ ނުދީ ހިފަހައްޓައި، ދެ މެޗުގެ އެގްރިގޭޓުން ކުރި ހޯދައި ރިއާލް މެޑްރިޑް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރިއާލް ސެމީއަށް ދިޔައީ ތިނެއް އެކެއްގެ އެގްރިގޭޓުންނެވެ.

ސެމީ ފައިނަލްގައި ރިއާލް ވާދަކުރާނީ ޗެލްސީއާއެވެ. ޗެލްސީ ސެމީއަށް ދިޔައީ ޕޯޓޯ ބަލިކޮށްގެނެވެ. ސެމީގެ އެއް މެޗުގައި ރިއާލްއާ ޗެލްސީ ވާދަކުރާއިރު އަނެއް މެޗަކީ ސިޓީއާ ޕީއެސްޖީގެ ސެމީއެވެ.

ރިއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުންވަނީ މީގެ ކުރިން ތިރީސް ފަސް ފަހަރު ސެމީން ޖާގަ ހޯދާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ތޭރަ ފަހަރު އެ ކުލަބުން ހޯދިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް