ads
ޑޯޓްމަންޑްގެ ހާލަންޑް
ޑޯޓްމަންޑް ކަޓުވާލާ ސިޓީވެސް ސެމީއަށް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމެންޓް އަމިއްލަ ދަނޑުގައި ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭކުޅުނު މެޗުން ސިޓީ މޮޅުވީ ފުރަތަމަ ލެގެކޭ އެއް ގޮތަށް ދެ ލަނޑު އެއް ލަނޑުންނެވެ. ދެ މެޗުގެ އެގްރިގޭޓުން ސިޓީ ކުރި ހޯދީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. 

ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީއަކީ އެންމެ ފަހުގެ ރަނަރަޕެވެ. ސިޓީއެކޭ އެއް ގޮތަށް ޕީއެސްޖީއަށްވެސް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް