ads
ސިޕީ ހަމީދު
ސީޕީ ހަމީދު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސީފީ ހަމީދު ކޮވިޑަށް ޕޮޒިޓިވްވެ މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަންގަ އެެވެ. 

މިކަން ހާމަކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މިވަގުތު ހުންނެވީ ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބަުން އައިސޮލޭޝަންގައި ކަމަށާއި، މީޓިިންތަކުގައިވެސް ބައިވެރިވަމުންދަނީ އޮންލައިންކޮށް ކަމަށެއެވެ. 

އެގޮތުން މިއަދު ކުރިއަށް ދިޔަ ޕޮލިސް ބޯޑު މީޓިންގައިވެސް ސީޕީ ހަމީދު ބައިވެރިވެފައިވަނީ ގޭގައި ހުންނަވައިގެން އޮންލައިންކޮށެއެވެ.

މީގެ ކުރިން ފުލުހުންގެ ތެރެއިންވެސް ގިނަ ކޭސްތަކެއް ފެނިގެންދިޔައެވެ. އެހެންނަމަވެސް ހަމީދު ޕޮޒިޓިވްވެފައިވަނީ ކިހިނެތް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް