ads
ސަލްމާން ހާން އާއި ޝާހްރުކް ހާން
ޝާހްރުކްގެ ފިލްމުން ސަލްމާން ފައިސާ ނަގަން ދެކޮޅު ހަދައިފި
ބޮލީވުޑްގެ އެންމެ މަޝްހޫރު ހާނުން ކަމުގައި ސަލްމާން ހާނާއި ޝާހްރުކް ހާންގެ ދެމެދު ގިނަ ދުވަސްތަކެއްވަންދެން މައްސަލަޖެހިފައިވެއެވެ. ނަމަވެސް ނިމިދިޔަ ދިހަ އަހަރުތެރޭ އެދެމީހުންގެ ރަހްމަތްތެރިކަމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެެ.

އެގޮތުން ދެތަރިވެސް ދަނީ އެކަކު އަނެކެއްގެ ފިލްމުތަކުގައި ހާއްސަ ފެނިލުންތައް ކުޅެމުންނެެވެ. އަދި ދެމީހުންގެ ފިލްމުތައް ޕްރޮމޯޓު ކުރުމުގައިވެސް އެކަކު އަނެކަކަށް އެހީވެ އުޅެއެވެ.

ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމު "ޕަތަން" އިން ވެސް ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެއެވެ. އެފިލްމުގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްރާ ސަލްމާން އެފިލްމުގެ މަސައްކަތުގަ އުޅުނު ދިހަ ދުވަހަށް ވަރަށް ބޮޑު މުސާރައެއް ދޭނެ ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުގަ ރިޕޯޓްކުރި ނަމަވެސް އޭނާ ވަނީ ފައިސާ ނަގަން ދެކޮޅުހަދާފަ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓްކުރެއެވެ.

ފިލްމުގެ ސެޓުގައި އަދިތިޔާ ސަލްމާންގެ މުސާރައާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ފެއްޓުމުން ސަލްމާން ވަނީ އެކަމާ ދެކޮޅުހަދާފައެވެ. ސަލްމާން ބުނީ "ޝާހްރުކް އަކީ ބޭބެ އެއް ކަހަލަ މީހެއް" ކަމަށާއި އޭނައަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމަށެވެ.

ނަމަވެސް އަދިތިޔާ ވަނީ ސަލްމާން ކައިރިން ފައިސާ ނެގުމަށް އެދިފައެވެ. ސަލްމާން ވަނީ އޭނާ އަށް ލިބެންޖެހޭ އެއްޗެއް ވިއްޔާ އޭނާގެ ފިލްމު ޓައިގާ އަދި ޕަތަންގެ ބަޖެޓަށް ލުމަށް އެދިފައެވެެ. 

ޕަތަން އިން ސަލްމާން ފެނިގެންދާނީ ޓައިގާގެ ރޯލުންނެވެ. އެއީ ޔަޝްރާޖް ފިލްމު ސްޓޫޑިއޯގެ ފިލްމެއް ކަމުގައިވާ ޓައިގާ ސީކުއެލްގެ ފިލްމުތަކުން އޭނާ ފެނިގެންދާ ރޯލެވެ. އެހެން ކަމުން ސަލްމާންގެ ރޯލުން އެފިލްމު ޕްރޮމޯޓްކުރުމަށް އިތުރު ފަސޭހަތަކެއް ވާނެ ކަމަށް ބެލެވޭއިރު ސިނަމާތަކަށް ބަލަން ވަންނަ މީހުންވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް