ads
ވީޑިއޯ ރިޕޯޓް-
މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތަށް ގިނަވެފަ، ޒިންމާ ނަގަންވީ ކާކު؟
ބަވަނަ ވަމުންދާ ދުނިޔޭގައި ގިނަ ބަދަލުތަކެއް އިންސާނުންގެ ދިރިއުޅުމަށް އަންނަމުން ދެއެވެ. ފަން ޖިފުޑި ގަޑެއްގަ ދިރިއުޅެމުން އައި ޒަމާން ފަހަނައަޅާ މިހާރު ގިނަ ބަޔަކު ދިރިއުޅެމުން ދަނީ އުސް އިމާރާތް ތަކުގަ އެވެ. ރާއްޖޭގައި ވެރިކަން ކުރާ މާލެއަށް ވެސް ވަނީ އެތައް ބަދަލުތަކެއް އައިސްފަ އެވެ.

ބިދޭސީން ލައްވާ މަހަކަށް ސަތޭކަ ރުފިއާ ދީގެން ކުނި އުކި ޒަމާން ފަހަނައަޅާ، ކުނި ނަގަން ހާއްސަ މެޝިނެއް ބޭނުންކޮށްގެން ކުނި ނަގަމުންދާ މަންޒަރު ފެންނަމުން ދެއެވެ.

ބައިސްކަލު ގަނޑެއްގައި ކުނި ކޮތަޅުތަކުން ކުނި މަގުމައްޗަށް ވެރެމުން ދިޔަ ދުވަސްތައް މިހާރު ވަނީ މާޒީވެފައެވެ. ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް އެކަމަށް ހާއްސަ މުވައްސަސާއެއް އެކުލަވާލާ އެ މައްސައްކަތް މިހާރު ކުރިއަށްދާތާ ފަސް ވަރަކަށް އަހަރުވެދާނެއެވެ.

ހައްލުވާނެ ކަމަށް އުންމީދު ކޮށްގެން ހުރި ކުނީގެ މައްސަލަ އަދިވެސް ހައްލުވާތަނެއް ނުފެ އެވެ. ކުނިނެގުމަށް އުފެއްދި، ވެމްކޯގެ އުސޫލުތަކަށް ގިނަ ރައްޔިތުން ތަބާ ނުވާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެގޮތުން ވެމްކޯގެ އެހީތެރިކަމާއެކު ކުނި ނަގަން ބޭނުންވާ ގޭބީސީތަކަށް ރަޖިސްޓަރީވެގެން އެކަމަށް އެދުމުގެ ފުރުސަތު އޮންނަ އިރު އެ ކޯޕަރޭޝަނަށް މަހެއްގެ މައްޗަށް ފީ އެއްވެސް ދައްކަން ޖެހެ އެވެ.

ނަމަވެސް ގިނަ ފަރާތްތަކުން އެ އުސޫލަށް އަމަލު ނުކޮށް ކުނިކޮތަޅު މަގުމަތީގެ ކަންމަތީގައި ބަހައްޓާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަތުން ލާރި ދައްކައިގެން ފީދައްކާ މީހާގެ ކުނިކޮތަޅުތައް ކައިރިއަށް ފީ ނުދައްކާ މީހާ ކޮތަޅުލުމަކީ އިންސާފުވެރި ގޮތް ނޫންކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކަން މިހެން ހުރިއިރު ރަށްޔިތުންގެ އުނދަގޫތަކަށް ހައްލު ގެނެސްދިނުމަށް ހަދާފައިވާ ކުންފުންޏަށް ލިބެމުންދަނީ ގެއްލުމެވެ.

ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައި ވަކި ހިއްޕާލާފައި ވާއިރު މާލޭ ސަރަހައްދުގައި މި ރޯދަމަހު ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލައާއި ގުޅޭގޮތުން ވެމްކޯއިން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ.

ވެމްކޯއިން ބުނެފައި ވަނީ ފާއިތުވި އޭޕްރިލް 12 އަދި 13 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް އެކޯޕަރޭޝަނަށް ލިބިފައިވާކަމަށާއި، އެކުންޏަކީ، އެކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތި ކުނިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެކޯޕަރޭޝަނުން ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، މާލޭގައި މިވަގުތު އޮތް ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އާއި ގުޅިގެން، ހިދުމަތް ހޯއްދަވާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށްފަހުގަކަން ފާހަގަކުރަމުން ބުނެފައިވަނީ، އެހެންނަމަވެސް، އެ ހާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެފަދަ އަމަލަކީ އެކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެއެެވެ.

އެހެންކަމުން، ހިދުމަތް ހޯއްދަވާ ކަސްޓަމަރުން އެކަންކަމަށް އިތުރަށް ސަމާލުވުމަށް ވެމްކޯއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި އުސޫލާއި އެެެއްގޮތަށް ރަޖިސްޓްރީވެ، ފައިސާ ދައްކަމުން ދިޔުމަށް ވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެެވެ.

އަހަރެންގެ ނަޒަރުގައި ކުނިނެގުމަށް ދައުލަތުން ކޯޕަރެޝަނެއް އެކުލަވާލައިފައި ވާއިރު އެ މުވައްސަސާގެ ގަވައިތުތަކާ އެއްގޮތަށް ރައްޔިތުން ކަންކުރުން މުހިންމެވެ. އެހެންނޫނީ ލާރި ދީގެން އެހިދުމަތް ހޯދާ ފަރާތްތަކަށް އެ ވެވެނީ ބޭއިންސާފެކެވެ. އަދި ދައުލަތަށް ލިބެނީ ހުސް ގެއްލުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް