ads
ފޮޓޯ--މަޑި
މާލެ މަސްމާރުކޭޓް ސަރަހައްދު މަޑިން ފުރިފައި
ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޑި ފެންނަ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ނަމަވެސް މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މަޑި އެއްތާކުން ފެނުމަކީ އެއީ އަޖައިބު ކުރުވަނި މަންޒަރެކެވެ.

މިއަދަކީ 1442 ވަނަ އަހަރުގެ ރަމަޞާން މަހުގެ ތިންވަނަ ދުވަސް ކަމުގައި ވާއިރުގައި ގިނަ އަދަދެއްގެ މީހުން ހަވީރު ގަޑީގައި ފިނިބިރު ޖަހަން ގޮސް އުޅޭ މަންޒަރު ފެނެއެވެ.

ހަވީރު ދަޅައަށް ފިނިބުރު ޖަހަން ގޮސް އުޅުނު ޒުވާނަކު ވަނީ އޭނާގެ ލޮލުގައި އަޅައިގެން އަޖައިބުކުރުވަނި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. 

your imageފޮޓޯ--މަޑި

އެގޮތުން އެ ޒުވާނާވަނީ މާލޭގެ މަސްމާރުކެޓް ސަރަހައްދުގެ މޫދުން ގިނަ އަދަދެއްގެ މަޑިތަކެއް ހަރަކާތްތެރިވާ މަންޒަރު ހިއްސާކޮށްފަ އެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި އެއީ ނަރު ނަގޫ މަޑިއެވެ. އެ ބާވަތުގެ މަޑިއަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑިތަކެކެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް