ads
މާފުށީ ޖަލު - ފޮޓޯ / ކަރެކެޝަން
"ކޮއްކޮ ދުނިޔޭގައި ހުރިކަމެއްވެސް ނޭނގޭ ސަރުކާރު އިދާރާތަކުން ޖަވާބެއް ނުދޭ"
ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުން ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ މައްޗަށް ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

ފުލުހުން ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަހްސަން މުހައްމަދުގެ ބޭބެ އަހްމަދު އިހްސާން ސީއެންއެމްއަށް މައުލޫމާތުދީފައިވަނީ އޭނާގެ ކޮއްކޮއަށް ޖަލުގައި އަނިޔާ ކުރަމުންދާ ކަމަށެވެ.

އިހްސާން ބުނީ އޭނާގެ ކޮއްކޮ ހިމެނޭ ގޮތަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންތިބީ އެއްވެސް މުއްދަތެއްނެތް ގޮތަށް "ވާނުވާ" ބަންދެއްގައި ކަމަށެވެ.

މިއަދު އާއިލާއަށް ދޫނިދޫއިން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ކޮއްކޮ އަހްސަން މުހައްމަދަށް ވަނީ ފުލުހުން އަނިޔާކޮށްފައި ކަމަށް އޭނާ ކިޔާދިނެވެ. އަދި އޭނާ ކުރިން އޮތް ގޮޅިން ނެރެ އެހެން ގޮޅިއަކަށް ލުމަށްފަހު އެކަހެރިކޮށްފައި ވާކަމަށާއި އެ ގޮޅީގައި ވެސް އަހްސަނަށް އަނިޔާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިހްސާން ކިޔާދިނެވެ.

"ކޮއްކޮއަށް މިހާރު ވެފައިވާ ގޮތެއްވެސް ނޭންގެ. ކޮއްކޮއާ މުއާމަލާށްވެސް ނުކުރެވޭ.މިހާރު ކޮއްކޮ ދުނިޔޭގައި ހުރިކަމެއްވެސް ނޭންގެ." އިހްސާން ބުންޏެވެ.

އިހްސާން ބުނީ އޭނާގެ ކޮއްކޮ ދުނިޔޭގައި މިހާރު އޮތްކަމަށް އުންމީދު ކުރާކަމަށާއި އޭނާގެ ކޮއްކޮއަށް ކޮށްފައިވާ އަނިޔާ ބެލުމަށް ހޮސްޕިޓަލަށް ގެންނަށް ޖެހޭނޭ ކަމަށެވެ.

އިހްސާން ބުނީ އެމީހުން މުއާމަލާތް ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ވެސް އަހްސަން ޑިޓެންޝަނުގައި ހުރުމުން މިހާރު ދިމާނުވާތާ ހަފްތާއެއް ވެދާނެ ކަމަށާއި އެހެންކަމުން އެ އޮފިސަރަށް ވެސް އަހްސަންގެ މައުލޫމާތެއް ނޭނގޭ ކަމަށް ބުނި ކަމަށެވެ.

އިހްސާން ބުނި ގޮތުގައި އަހްސަންގެ ތަހްގީގު ނިމިފައިވާތީ އޭނާ ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފުލުހުން ބަދަލު ނުކުރާ ކަމަށެވެ. 

އަދި އަހްސަން ހުރި ޖަލުގެ ގައިދީންގެ މެދުގައި ޖެހުނު ތަޅާފޮޅުމުގެ މައްސަލައެއްގައި ފުލުހުން ވަނީ އަހްސަންއަށް ވެސް އަނިޔާ ކޮށްފައި ކަމަށާއި މިހާރުވެސް އަނިޔާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާއިލާ އަދި ވަކީލަށް ވެސް އަހްސަނާ އަދި ބައްދަލު ނުކުރެވޭ ކަމަށް ވެސް އިހްސާން ކިޔާދިނެވެ. އަދި މިއަދު އެޗްއާއެސްއެމްއަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ވެސް ގުޅަން މަސައްކަތް ކޮށްފައިވާނެ ކަމަށް އިހްސާން ކިޔާދިނެވެ.

މިކަމާ ގުޅިގެން އަހްސަން ގެ ވަކީލު ސީއެންއެމް އަށް ވިދާޅުވީ މިއަދު ހެނދުނު އަހްސަން އޭނާގެ އާއިލާއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެ ގުޅިކަމަށެވެ. އަދި ހަވީރު އާއިލާއާ ގުޅުމުން އަހްސަންއަށް ޖަލުގައި އަނިޔާކޮށްގެން އުޅުނު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

ނަމަވެސް ރޯދަމަހުގައި ގައިދީންނާއި ބައްދަލުކުރުމަށް ހަމަޖައްސާފައިވާ ގަޑިތައް ބަދަލުވެފައި ވުމުން އެކަން މިއަދު ނުވި ކަމަށާއި ކުރިއަށް އޮތީ ސަރުކާުރު ބަންދު ދެދުވަހަށް ވުމުން ޖަލުގެ ގަވާއިދުގައިވާ ގޮތުން އަހްސަންއާއި ބައްދަލު ނުކުރެވޭނެ ކަމަށެވެ. 

"އަހްސަންއަށް ލިބިފައިވާ އަނިޔާތަކެއްވެސް ނޭނގޭ، އޭނާ ދުނިޔޭގައި ހުރި ތޯ އެއީ ވެސް ކަންބޮޑުވާ ވަރަށް ގޮއްސި" އަހްސަންގެ ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އަހްސަން ޖަލުގައި ބަހައްޓާފައި ވަނީ ގާނޫނާ ގަވައިދާ ހިލާފަށް ކަމަށެވެ. އޭނާ ކަސްޓޯޑީ ޖަލެއްގެ މިހާރު ނުބެހޭއްޓޭނެ ކަމަށާއި ރިމާންޑް ޖަލެއްގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އަދި ފުލުހުން ބުނެފައި ވަނީ ދޫނިދޫ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ކޮންޓްރޯލް ކުރުމުގައި ފުލުހުންނަށް ލިބިދޭ އިހްތިޔާރާއި ބާރުގެ ބޭނުން ކޮށްފައިވާ ގޮތާ ގުޅޭ ޝަކުވާއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ބަލަމުން ކަމަށެެވެ.

އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ނަވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލްތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ، އެކަމެއް ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ އިން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

29%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް