ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: ކޮފީ ޝޭކް
Share
ސީއެންއެމް ބަދިގެގައި މިއަދު ބުއިމަކަށް މިހިމަނާލަނީ “ ކޮފީ ޝޭކް” އެކެވެ.
Advertisement

މި ޝޭކް ތައްޔާރުކޮށްލުމަށް ބޭނުންވާނެ އެެެއްޗިއްސާއި ތައްޔާރު ކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުންވާ ތަކެތި:

  • 1 ސްކޫޕް ޗޮކުލެޓް އައިސް ކްރީމް
  • 1/2 ސައިސަމުސާ ކޮފީ
  • 1 ތަށި އައިސްފެން
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 1/4 ސައިސަމުސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމުސާ ހިކިކިރު

ތައްޔާރު ކުރާނެގޮތް:

މި ޝޭކް ތައްޔާރުކުރެއްވުމަށް ކޮފީ، އެސެންސް، ހަކުރު، އަދި ފެނާއި، ހިކިކިރު އެއްކޮށް އަޅާފައި މިކްސްޗަރުން ރަނގަޅަށް ގިރާލާށެވެ.

 އެޔަށްފަހު ޝޭކް ހުންނާނީ ރެޑީވެފައެވެ. ސާވް ކުރުމަށް އަދި އިތުރަށް ރަހަ ރަނގަޅުކޮށްލުމަށް  ތަށްޓަށް މިކްސްކުރި ހުރިހާ އެއްޗެއް އަޅާފައި އައިސް ކްރީމް ލުމުން ޝޭކް މިހާރު ތިހުރީ ތައްޔާރުވެފައެވެ. ބޭނުންނަމަ ޗޮކްލޮޓް ސިރަޕްވެސް އަޅާލެވިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް