ads
ނިޒާމްބެ މާޒިޔާއާ ގުޅުނު ދުވަހު، މާޒިޔާގެ ޖަރޒީ ދައްކާލަނީ
މާޒިޔާއިން ވަކިވި ސަބަބު ނިޒާމްބެ ދުލުން
މިދިޔަ އަހަރުގެ ތެރޭގައި ފޮނި އުއްމީދުތަކަކާ އެކު މާޒިޔާގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވި ތަޖުރިބާކާރު ކޯޗު، މުހައްމަދު ނިޒާމް- ނިޒާމްބެ، މާޒިޔާއިން ވަކިވި ސަބަބު ފުރަތަމަ ފަހަރަށް އާއްމުކޮށް ކިޔައިދީފިއެވެ. ފުރަތަމަ ފަހަރަށް އެ ވާހަކަތައް ދައްކަމުން ނިޒާމްބެ ބުނި ގޮތުގައި މާޒިޔާއިން ވަކިވި ވަކިވުމަކީ ޕްރޮފެޝަނަލް ނިންމުމެކެވެ.

މިދިޔަ އަހަރުގެ މެދު ތެރޭ މާޒިޔާއިން އެ ޓީމުގެ ހެޑު ކޯޗުކަމުގެ މަގާމަށް ނިޒާމްބެ ގެނައި ވަރަށް ފޮނި އުއްމީދުތަކަކާ އަމާޒުތަކަކާވެސް އެކުގައެވެ. އެހެންނަމަވެސް ނިޒާމްބެ އެ ޓީމުންވަކިވީ ވަރަށް ކުއްލި ގޮތަކަށެވެ. ހަގީގަތުގައި ނިޒާމްބެ މާޒިޔާއިން ވަކިކުރީކަމެއް ނުވަތަ ނިޒާމްބެ އިސްތިއުފާ ދިނީކަމެއް ޔަގީނެއް ނޫނެވެ. އެނގޭ އެއްޗަކީ ނިޒާމްބެގެ އެ ނިންމުން އައީ ވަރަށް ކުއްލިއަކަށް ކަމެވެ. އަނެއްކޮޅުން ނިޒާމްބެ ވަކިވިއިރު މާޒިޔާއިން އާ ކޯޗަކު ހޯދައި ހުރިހާކަމެއް ނިންމާފައިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް ކެރިއަރުގައި މިދިޔަ ވިހަ އަހަރު މި ހިސާބަށް އައިއިރު ފާހަގަކުރެވޭނެ ކަމެއް ކަންނޭނގެ ހުންނަ ޓީމެއްގައި އެ ރެސިޕީ ނޫނިއްޔާ އެ ޓީމެއްގައި އެ ތިބި ކުޅުންތެރިން ގޮވައިގެން އަނެއް ޓީމަކަށް މޫވް ކުރާ ކޯޗެއް ނޫން މީކީ އެއް. އެއާ އެކު އެކީގައި އެއްވެސް އިރެއްގައި އެއް ކްލަބެއްގެ ވެސް އެއްވެސް ބަޔަކާ ޕާސަނަލް ގްރަޖެއް ގެންގުޅޭ މީހެއް ނޫން.

މާޒިޔާގެ ކޯޗުކަމުން ނިޒާމްބެ އިސްތިއުފާ ދިނީ ލީގުގެ އެންމެ ތިން މެޗަށް ފަހުއެވެ. އެ ތިން މެޗުން ދެ މެޗު ކާމިޔާބުކޮށްފައިވާއިރު އަނެއް މެޗުންވީ އެއްވަރެވެ. ޓީމު އޮތީ އެއްވަނައިގައެވެ. ބައި ކޮޅަށް އެއްމެ ގޯލެއް ވަތް އިރު ފުރަތަމަ ދެ މެޗުގައި އެކަނިވެސް އަށް ގޯލް ޖެއްސެވެ. އެއްވަރުވި މެޗުގައިވެސް ޖުމްލަ ގޮތެއްގައި ރަނގަޅަށް ކުޅުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނިޒާމްބެ މާޒިޔާއާ ހަވާލުވި ދުވަހު ގައިމުވެސް މާޒިޔާގެ މެނޭޖްމެންޓުން ކުރީ ފޮނި އުއްމީދުތަކެއް ކަމަށް މާޒިޔާގެ ޖެނެރަލް ސެކެއްޓްރީ އަބްދުލް ވައްހާބު- ވައްކޭ ވިދާޅުވިއެވެ.

ނިޒާމްބެ އަކީ މާޒިޔާގެ ވާދަވެރި ޓީމުތަކުގައި ތިބިއިރުވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެ މި ވަގުތަށް ބަލާއިރު ދިވެހިރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު. އަނެއްކާ އިންޓަނޭޝަނަލީ މުބާރާތްތަކުގައި ވެސް ގޯލްޑް ގެނެސްފައި ހުރި ކޯޗެއް. ނިޒާމްބެގެ ކެޕޭސިޓީ ހުރިކަން މާޒިޔާގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ

މާޒިޔާއިން ނިޒާމްބެ ވަކިވުމާ ގުޅޭ މެޗަކީ ޗެރިޓީ ޝީލްޑްކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ޗެރިޓީ ޝީލްޑް މެޗުން މާޒިޔާވަނީ ލަދުވެތި ގޮތަކަށް އީގަލްސް އަތުން ބަލިވެފައެވެ. މާޒިޔާއިން ވަކިވުމަށް ފަހު ދުވަސްކޮޅެއް ފަހުން ނިޒާމްބެ އެނބުރި ގުޅުނީ އޭނާގެ ކުރީގެ ޓީމު ޓީސީއާއެވެ. މާޒިޔާއިން ވަކިވި ފަހުން ފުރަތަމަ ފަހަރަށް އެ ޓީމާ ދެކޮޅަށް ނިޒާމްބެ އިރުޝާދު ދޭ ޓީމަކުން ކުޅޭ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭއެވެ. ޓީސީއާ މާޒިޔާގެ މެޗު ހުކުރު ދުވަހުގެ ރޭ އޮންނަ އިރު، ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ މާޒިޔާއެވެ.

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް