ads
އާސެނަލްގެ ފޯވާޑު އޮބާމަޔަން
އާސެނަލްގެ ފޯވާޑު އޮބާމަޔަން މެލޭރިއާއަށް ފަރުވާ ހޯދަނީ
އާސެނަލްގެ ފޯވާޑު، ގެބޯންގެ ޕިއޭ އެމެރިކް އޮބާމަޔަން ހޮސްޕިޓަލުގައި އެޑްމިޓްކޮށް މެލޭރިއާއަށް ފަރުވާ ހޯދައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮބާޔަމަން މެލޭރިއާއަށް ފަރުވާ ހޯދަން ޖެހުނީ، އިންޓަރނޭޝަނަލް ބްރޭކުގައި އެފްރިކާއަށް ކުރި ދަތުރަށް ފަހުއެވެ.

އޮބާމަޔަންވަނީ މިދިޔަ މަހު އެފްރިކަން ނޭޝަންސް ކަޕް ކޮލިފިކޭޝަންގައި ގެބޯންއާ ކޮންގޯ ކުޅުނު މެޗުގައި ކުޅެފައެވެ. އޭގެ ފަހުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް ކުޅުނު މެޗުގައިވެސް އޭނާ ކުޅެފައިވެއެވެ. އެހެންނަމަވެސް ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އާސެނަލް ކުޅުނު މެޗުގައި އޭނާ ނުކުޅެއެވެ. ބީބީސީން ބުނި ގޮތުގައި އޭރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އިންސްޓަގްރާމްގައި އޮބާމަޔަން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށާއި، ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.

އަހަރެން ކުޑަ ދުވަސްކޮޅެއް ވެއްޖެ މި ކަމަށް ފަރުވާ ހޯދާތާ. ހާލު ރަނގަޅު، އަދި ވަރަށް އަވަހަށް އެނބުރި އައުމަށް އުއްމީދުކުރަން.

އެފްރިކަން ނޭޝަންސް ކަޕް ކޮލިފިކޭޝަން މެޗަށް ފަހު މެލޭރިއާއަށް އޮބާމަޔަން ފަރުވާ ހޯދަމުން އަންނަ އިރު، މެލޭރިއާގެ ސަބަބުން އެފުރިކާގެ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާ ވެފައިވާކަމަށް، ޑަބްލިއުއެޗުއޯއިން މިދިޔަ އަހަރުގެ ފަހުކޮޅު އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބައްޔާ ގުޅޭ ގޮތުން އެފުރިކާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިއުއެޗުއޯގެ ރީޖަނަލް ޑައިރެކްޓަރ ވިދާޅުވެފައިވަނީ މެލޭރިއާއަށް ފަރުވާ ދިނުމުގައި ކުރިއެރުން ލިބުމުގައި ލަސްވެފައިވާކަމަށާއި ކޯވިޑް-19ގެ ސަބަބުން މެލޭރިއާއަށް ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް