ads
މި ތަރިން އިސްލާމް ދީން ގަބޫލު ކުރިކަން އެނގޭތަ؟
ބޮލީވުޑްގެ ތަރިންނަކީ ދިވެހިންނަށް އާ ބައެއް ނޫނެވެ. އެގޮތުން މި މުޖުތަމައުގައި އެތައް ބަޔަކު ބޮލީވުޑް ފިލްމާއި ލަވައަށް ލޯބި ކުރާ އިރު، ތިރީގައި މިއޮތީ އިންޑިއާގެ ސިނަމާގައި މަސައްކަތްކުރި އަދި މަސައްކަތް ކުރާ ތަރިންގެ ތެރެއިން އިސްލާމްދީން ގަބޫލު ކުރި ތަރިންގެ ލިސްޓެކެވެ.
  • އޭއާރު ރަހްމާން 

އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސާ، މިއުޒިކް ޕްރޮޑިއުސާ، ލަވަކިޔުންތެރިޔާ އަދި ލަވައިގެ ޅެން ހަދާ އޭއާރު ރަހްމާން އަކީ އާ ނަމެއް ނޫނެވެ. އޭނާގެ ލަވަތަކަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ލަވަތަކެކެވެ.
އޭއާރު ރަހްމާއިސްލާމް ދީން ގަބޫލުކުރީ 1989 ވަނަ އަހަރު އޭނާގެ އުމުރުން 23 އަހަރުގައެވެ.

your imageއޭއާރު ރަހްމާން ---

  • ދަރްމެންދްރާ އަދި ހެމާ މާލިނީ

މި ޖޯޑަކީ އެއް އިރެއްގައި އިންޑިއާގެ ސިނަމާ ފަޅުފިލުވައިދިން އެންމެ ގުޅޭ އޮންސްކްރީން އެއް ޖޯޑެވެ. އެގޮތުން 1979ގައި ދަރްމެންދްރާ އަދި ހެމާ އިސްލާމް ދީން ގަބޫލު ކުރީ ދެ މީހުން ކައިވެނި ކުރުމުގެ ކުރިންނެވެ. އޭރު ދަރްމެންދްރާ އުޅުނީ ޕްރަކާޝް ކައުރް އާއި އިންދެގެންނެވެ. އަދި އިސްލާމް ދީން ގަބޫލުކުރީ، އިންޑިއާގައި ހިންދޫއިންނަށް ދެ އަނބިން ހުއްދަ ނުވުމުން، އެމާ އާއި ކައިވެނި ކުރުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. 

your imageދަރްމެންދްރާ އަދި ހެމާ މާލިނީ ---

ހެމާއާއި ކައިވެނި ކުރުމަށްފަހުވެސް ދަރްމެންދްރާ އޭނާގެ ފުރަތަމަ އަނބި މީހާ ވަރިއެއް ނުކުރެއެވެ. 

  • މަމްތާ ކުލްކަރްނީ

މަމްތާ އިސްލާމް ދީން ގަބޫލު ކުރި ކަމުގެ ވާހަކަ މީޑިއާއަށް ތިލަވެފައިވަނީ 2013 ވަނަ އަހަރު އެވެ. އެގޮތުން އޭނާ އިސްލާމް ދީން ގަބޫލު ކޮށްފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހު ވިކީ ގޮސްވާމީ އާއި ކައިވެނި ކުރުމުގެ ކުރިންނެވެ.

your imageކަރަން އަރްޖުންގެ މަންޒަރެއްގައި މަމްތާ ސަލްމާން ހާން އާއެކު ---

މަމްތާ އަކީ 1990ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ތަރިއެކެވެ. އެގޮތުން ކަރަން އަރްޖުން، ނަސީބް އަދި ބާޒީ ފަދަ ފިލްމުތަކުން އޭނާ ވަނީ ފެނިފައެވެ.

  • ޝަރްމިލާ ޓާގޯރް

ޝަރްމީލާ ޓާގޯރް ނުވަތަ ބޭގަމް އައިޝާ ސުލްތާނާ އިސްލާމް ދީން ގަބޫލު ކުރީ އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަންސޫރު އަލީ ކާން ޕަޓައުޑީ އާއި ކައިވެނި ކުރުމަށް ފަހު އެވެ. އަދި ކައިވެންޏަށް ފަހު، ދީން ގަބޫލުކޮށް ޝަރްމީލާގެ ނަމުން އޭނާވަނީ އައިޝާ ސުލްތާނާއަށް އޭނާގެ ނަން ބަދަލު ކޮށްފައެވެ.

އޭނާގެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެއެވެ. އެއީ ސައިފް އަލީ ހާން. ސަބާ އަލީ ހާން އަދި ސޯހާ އަލީ ހާން އެވެ.

your imageޝަރްމިލާ ޓާގޯރް ---

  • އަމްރިތާ ސިންގް

އަމްރިތާ ސިންގްވެސް އިސްލާމް ދީން ގަބޫލުކޮށްފައިވަނީ ކައިވެނީގެ ކުރިންނެވެ. އެގޮތުން 1991 ގައި އަމްރީތާ ވަނީ ޝަރްމީލާ ޓާގޯރް (އައިޝާ ބޭގަމް)ގެ ފިރިހެން ދަރިފުޅު، އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ހާން އާއި ކައިވެނި ކޮށްފައެވެ.

your imageއަމްރިތާ ކުރީގެ ފިރިމީހާ ސައިފް އާއެކު ---

އެގޮތުން ކައިވެންޏަށް ފަހު އާއިލާއެއް ބިނާ ކުރުމަށް އަމްރިތާ ވަނީ އޭނާގެ އެކްޓިންގް ކެރިއަރު ދޫކޮށްލާފައެވެ. އަދި ސައިފް އާއި އަމްރީތާގެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ ސާރާ އަލީ ހާން އަދި އިބްރާހީމް އަލީ ހާން އެވެ. އަމްރިތާ އާއި ސައިފް ވަރިވެފައި ވަނީ 2004 ވަނަ އަހަރު އެވެ. 

43%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް