ads
ވޯޓު ކަރުދާސް
އާ ކައުންސިލަރުން ހުވާކުރުން އަންނަ މޭ މަހު
ހޮނިހިރު ފުވަހު ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި އާ ކައުންސިލަރުން މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މޭ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފި އެވެ.

އެލްޖީއޭއިން ބުނީ އެ ރަސްމިއްޔާތު ރޯދައިގެ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން ކައުންސިލަރުން ހުވައިކުރާނެ ތަރީހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް އެލްޖީއޭއިން ބުނެއެވެ.

އާ ކައުންސިލަރުން މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މޭ މަހު ބާއްވަން ނިންމިއިރު އިންތިހާބުގެ ވަގުތީ ނަތީޖާތައް އީސީން އަންނަނީ އާއްމުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް