ads
ޝާހިދާއި ޑރ. ޖައޭޝަންކަރު ބައްދަލުކުރައްވަނީ:
ރާއްޖެ-އިންޑިއާ ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލު ކުރައްވައިފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެން ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައޭ ޝަންކަރާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވިއެވެ. 

"ރާއްޖެއަކީ އިންޑިއާ ކަނޑުގައިވާ މުހިންމު އަވަށްޓެރިއެއް،" އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެެއާޒް ގެ ސްޕޯކްސް ޕާސަން އަރިންޑަމް ބަގްޗީ މި ބައްދަލުވުމާއި ގުޅޭގޮތުން މިއަދު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅަކީ މިމަހު 14 ވަނަ ދުވަހުން 16 ވަނަ ދުވަހާއި ހަމައަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް