ads
ފައިޒާ ވެކްސިން
ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ޖެހިދާނެ: އަލްބާޓް
ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ޖެހިދާނެ ކަމަށް އެމެރިކާގެ ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓް ބޫލާ މިއަދު ވިދާޅުވެއްޖެއެވެ.

ހަ މަހާއި 12 މަސް ތެރޭގައި ތިން ވަނަ ޑޯޒް ޖެހުމަށްފަހު އަހަރަކު އެއް ފަހަރު ވެސް ވެކްސިން ޖަހަން ޖެހިދާނެ ކަމަށް ބޫލާ އިތުރަށް ވިދާޅުވިއެވެ. 

"ކޮވިޑް-19 ވެކްސިން ތަހުލީލް ކުރާފަރާތް ތަކުން ވެސް މި ވެކްސިން އިން ރައްކާތެރިކަން ލިބޭނެ ވަކި މުއްދަތެއް ޔަގީންކޮށްދެވެން ނެތް،" - ބޫލާ -

މީގެ ކުރިން އެމެރިކާގެ ފައިޒާ ކޮމްޕެނީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ވެކްސިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށް  %91 ކާމިޔާބެވެ. އަދި %95 ދެވަނަ ޑޯޒް އަށްފަހު ކާމިޔާބް ވާނެކަމަށް ލަފާކޮށްފައިވެއެވެ. 

ފައިޒާ ވެކްސިން ތަހުލީލް ކުރާފަރާތް ތަކުން ތިންވަނަ ޑޯޒްއަށް ފަހު އިތުރަށް ތަހުލީލްތައް ކުރިއަށް ގެންދާނެ ކަމަށް ބުނުއްވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް