ads
ގެސްޓްހައުސްއެއް--
400 އަށްވުރެ ގިނަ ގެސްޓް ހައުސްއަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފި
ކޮވިޑާ ގުޅިގެން ގެސްޓްހައުސް ސިނާއަތް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 400 އަށް ވުރެ ގިނަ ގެސްޓް ހައުސްއަކަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގެސްޓްހައުސް އަދި ހޮޓާތަކުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް 407 ތަނަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާއިރު އެތަންތަނުން 7،410 އެނދުގެ ހިދުމަތް ދަނީ ފޯރުކޮށް ދެމުންނެވެ.

އެގޮތުން އަތޮޅުތަކުން 18 ގެސްޓްހައުސްއަކާއި، ރަށްރަށުގެ 57 ގެސްޓްހައުސްއަކުންވެސް މިހާރު ދަނީ ފަތުރުވެރިންނަށް ހިދުމަތްދެމުންނެވެ.

ދިވެހި 

އަދި ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 15 ވަނަ ދުވަހާއި ހަމަަޔަށް ސަފާރީތަކުގެ 2،699 އެނދުގެ ހިދުމަތް ދެމުންދާއިރު 137 ސަފާރީއަކަށް ވަނީ އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފަ އެވެ. 

ދިވެހި ރާއްޖެ

އަދި މިހާތަނަށް ހޮޓެލްތަކުން 1،458 އެނދުގެ ހިދުމަތް ދެމުންދާއިރު 11 ހޮޓަލްއަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން މިހާތަނަށް 151 ރިސޯޓެއްގެ ހިދުމަތް ފަށާ 34,952 އެނދުގެ ހިދުމަތް ފަތުރުވެރިންނަށް ފޯރުކޮށްދީފަވެއެވެ.

ދިވެހި

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް