ads
ދެ ފޮރިން މިނިސްޓަރުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ފޮރިން މިނިސްޓްރީ
ރާއްޖެ އާއި އިންޑިއާ އިން ވެކްސިން ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ފޮރެއިން އެފެއާޒް މިނިސްޓަރު، ޢަބްދުﷲ ޝާހިދު އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސ. ޖައިޝަންކަރް އާ ބައްދަލުކުރައްވައި ދެ ގައުމުގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ހައިދަރަބާދީގޭގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ޑރ. ޖައިޝަންކަރްވަނީ މިނިސްޓަރު ޝާހިދަށް 2020 ޖެނުއަރީ އަށް ފަހު ފުރަތަމަ ފަހަރަށް ނިއު ދިއްލީއަށް މަރުހަބާ ކިޔުއްވާފައެވެ. މިނިސްޓަރު ޝާހިދު ޑރ. ޖައިޝަންކަރް ދެއްކެވި މެހެމާންދާރީއަށް ޝުކުރުވެރިވެ ތައުރީފްކުރިއެވެ. 

ދެމިނިސްޓަރުންވެސް ވަނީ ކޮވިޑް-19 އާއި ވެކްސިނޭޝަން ޕްރޮގްރާމް ތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ. 

"މިނިސްޓަރު ޝާހިދުވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކޮވިޑް-19 ޕެންޑެމިކް ގެ ތެރޭގައި ދެއްވި ހުރިހާ އެހީއަށް ޝުކުރުއަދާ ކުރެއްވާފަ،" - ފޮރިން މިނިސްޓްރީ

ޑރ. ޖައިޝަންކަރް ވަނީ އިންޑިޔާގެ ފަރާތުން ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ތަރައްގީކުރުމަށް ދެވޭ އެއްބާރުލުން ކުރިއަށްދާނެކަމުގެ ޔަގީންކަން އޮތްކަން މިނިސްޓަރު ޝާހިދަށް ދަންނަވާފައެވެ. 

އޭގެ ތެރޭގައި، ހުއްޓުމެއްނެތި ކޮންމެހެން ބޭނުންވާ ތަކެތީގެ ސަޕްލައި ވެސް ކުރައަށް ގެންދާނެކަމަށް ޑރ. ޖައިޝަންކަރް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް