ads
ކްރިސް ސްމޯލިންގް --- ފޮޓޯ: ސްކައި ސްޕޯޓްސް
ރޯމާގެ ޑިފެންޑަރު ކްރިސް ސްމޯލިންގް ފޭރުމުގެ ޝިކާރައަކަށް
އިޓަލީގެ ފުޓުބޯޅަ ކްލަބު ރޯމާގެ ޑިފެންޑަރު ކްރިސް ސްމޯލިންގްއާއި އޭނާގެ އާއިލާވަނީ ހަތިޔާރުން ބިރުދައްކައިގެން ފޭރުމުގެ ޝިކާރައަކަށް ވެފައެވެ.

އިޓަލީގެ ނޫސް އޭޖެންސީއެއް ކަމަށްވާ އަންސާއިން ރިޕޯޓުކުރާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު ވަގުތެއްގައި ސްމޯލިންގްގެ ގޭގެ ކުޑަދޮރުން ހަތިޔާރު ހިފައިގެން ތިބި ތިން މީހުން ވަނީ ވަދެފައެވެ. 

އެމީހުންވަނީ ސްމޯލިންގަށް ބަޑިން ބިރުދައްކައިގެން ގަދަކަމުން އެގޭގައި އިން ތިޖޫރީއެއް ހުޅުވައި، ތިން ރޮލެކްސް ގަޑިއާއި، އެތައް ގަހަނާއަކާއި، 300 ޔޫރޯ ފޭރިގަނެފައެވެ. 

ހުރިހާކަމެއް ހިނގައި ދިޔައިރު ސްމޯލިންގެ އާއިލާ މީހުން މަންޒަރު ބަލަން ތިއްބެވެ. ފޭރޭ މީހުން ދިޔުމުން ސްމޯލިންގެ އަންހެނުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ސްމޯލިންގް އާއި ކްލަބު ރޯމާގެ ފަރާތުން ހިނގައިދިޔަ ހާދިސާއާމެދު އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާކަސް ރަޝްފޯޑް ވަނީ ސްމޯލިންގް އާއި އޭނާގެ އާއިލާއަށް ހިތްވަރުދީ ޓްވީޓެއް ކޮށްފައެވެ. 

މިދިޔައަހަރުގެ ނޮވެމްބަރުގައި ރޯމާގެ ކޯޗު ވަކުއިންގެ ކޮރެއާގެ ގެއިންވެސް ވަނީ ވައްކަން ކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް