ads
ޝާހްރުކް ހާން
ޝާހްރުކްގެ ފޭވަރިޓް ތިން ކުލަ މި އޮތީ!
ޝާހްރުކަކީ ބޮލީވުޑްގެ ކިންގް އެވެ. އޭނާ އަކީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އެކްޓަރެކެވެ.

ޝާހްގެ ކޮންމެ ފިޔަވަޅެއްވެސް ގާތުން ގިނަ ބަޔަކު ބަލަމުން ގެންދެއެވެ. އޭނާއަށް ކަމުދާ ކާނާއިން ފެށިގެން ލައިގެން ހުންނަ އަންނައުނަކީ ކޮބައިތޯ ވެސް ޝާހްގެ ފޭނުން ބަލަން ބޭނުން ވެއެވެ.

އެގޮތުން ޝާހް އަށް އެންމެ ކަމުދާ ކުލައަކީ ކޮންކުލައެއްތޯ ކުރިމަތިވި ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައި ވަނީ އޭނާއަށް ކަމުދާ ތިން ކުލައެއް ވާ ކަމަށެވެ.

އެގޮތުން އޭނާގެ ފޭވަރިޓް ކުލަތަކަކީ ކަޅު، ނޫ އަދި ހުދު ކަމަށެވެ. އެ ތިން ކުލައިގެ ކޮންމެ އެއްޗެއް ވެސް އޭނާއަށް ކަމުދާނެ ކަމުގައި ޝާހް ބުންޏެވެ.

ޝާހް އަކީ ބޮލީވުޑްގެ ކިންގް ކަމުގައި މީހުން ސިފަކުރެއެވެ. އޭނާ ވަނީ މިހާތަނަށް 102 އަށްވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް