ads
ވޯޓުލަނީ
ވަގުތީ ނަތީޖާގެ 63 ޕަސަންޓު އިއުލާނުކޮށްފި
މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާގެ %62 ‏އިއުލާން ކުރެވިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެގޮތުން މިރޭ 10:00 އިން ފެށިގެން ވެސް ވަގުތީ ނަތީޖާ އިއުލާނު ކުރަމުން ގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

މި އިންތިހާބުގެ ވޯޓާއި މެދު އިދިކޮޅުގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ވޯޓު އޮޅުވާލާ ކަމުގެ ތުހުމަތުތަކެއްވެސް އީސީއަށް ވަނީ ކުރިމަތިވެފައެވެ. އަދި ވޯޓު އޮޅުވާލާކަމަށް ބުނެ މުލަ ރޯދަ ދުވަހު އިދިކޮޅުން ވަނީ އީސީ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް