ads
ކައިޒީން
ކައިޒީން: ގުރައެއްހާ ފެހި!
ދިވެހި ފިރިހެނުންގެ މެދުގައި މަގްބޫލު ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު މޮޑެލް ކައިޒީން އިންސްޓަގްރާމް ގައި މީގެ ނުވަ ގަޑިއިރު ކުރިން ލީ އާ ފޮޓޯއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ބޮޑު މަގްބޫލުކަމެއް ލިބިފައެވެ.

ފެހިކުލައިގެ ގުރައެއްހާ ނަލަ މި ފޮޓޯއަށް މިހާތަނަށް 8000 ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު ކައިގެ މި ފޮޓޯއާއެކު އޭނާ ވަނީ ވަރަށް ތަފާތު މެސެޖެއްވެސް ފޭނުންންނަށް ދޫކޮށްލާފައެވެ.

your imageކައިޒީންގެ އާ ފޮޓޯ 

"ލޯތްބަށް ވަކި އުމުރެއް ނޯވޭ" ކެޕްޝަންކޮށް ހިއްސާކޮށްފައިވާ މިފޮޓޯއަށް ގިނަ ބަޔަކުވަނީ ކޮމެންޓްކޮށް ކައިގެ ރީތިކަމަށް ތައުރީފު ކޮށްފައެވެ. ކައިގެ ކޮންމެ ފޮޓޯއަކުންވެސް ދިވެހި ޒުވާން ފިރިހެން ކުދިންގެ ހިތްތައް ކަތިލެވޭ އިރު މި ފޮޓޯއިންވެސް އެތައް ޒުވާނެއްގެ ހިތަށް ވަނީ ކަތިލާފައެވެ. 

މިކަން ކޮމެންޓް ސެކްޝަންއަށް ބަލައިލުމުން ވަރަށް ރަނގަޅަށް އެގެއެެވެ. އެގޮތުން 100 އަށް ވުރެ ގިނަ ކޮމެންޓް މިހާރުވެސް އެ ޕޯސްޓަށް ލިބިފައިވާއިރު މީގެ ތެރެއިން ބޮޑު އިންސައްތަ އަކީ ޒުވާން ފިރިހެން ކުދިންނެވެ. 

ފެހި ގުރައެއްހާ ނަލަ މި ފޮޓޯއަށް މަޝްހުރު ޓިކްޓޮކްތަރި އާޝާވެސް ވަނީ ކޮމެންޓް ކޮށްފައެވެ.

your imageކައިޒީންގެ ފޯސްޓަށް ކޮށްފައިވާ ބައެއް ކޮމެންޓްސް

ބުރިޖް ހަލީފާގެ ހިތްގައިމު މާހައުލުން، ރާއްޖޭގެ މަޝްހޫރު ޑިޒައިނާ ރިއްފަތު ތައްޔާރު ކޮށްފައިވާ ވިދާ ރިހި ކުލައިގެ ހެދުމެއް ލައިގެން ކައިޒީން މިފަހުން ޕޮސްޓްކުރި ފޮޓޯއަށްވެސް ގިނަބައެއްގެ މަގުބޫލުކަން ލިބުނެވެ. ކައި އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރް މޮޑެލްއެވެ. ކައިގެ އިންސްޓަގްރާމްގައި ވެސް އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު ކައިގެ ޕޯސްޓުތަކަކީ ކުޑަ ސިކުންތެއް ތެރޭ ވައިރަލް ވެގެންދާ ޕޯސްޓްތަކެކެވެ. ޓިކްޓްކޮގައިވެސް ކައިޒީންގެ 21 ހާހަށްވުރެ ގިނަ ޕްލޯވާސް ތިބެއެވެ.   

10%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް