ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ކޮވިޑް 19 ގައި މިއަދު ދެ ވަނަ މަރު!
ކޮވިޑް 19 ގައި އިތުރު މީހަކު މަރުވެފައިވާކަަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އައިޖީއެމްއެޗް އީއާރްއަށް މިއަދު ހަވީރު 4:00 ގައި އެމެޖެންސީކޮށް ގެނެވުނު 86 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލްއަށް ގެނެވުނުއިރުވެސް ހަރަކާތްނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.  

މި މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ނިންމާފައިވަނީ މިއަަދު ހަވީރު 04:20ގައެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 69 ވަނަ މީހާއެވެ. 

މިއަދު މެންދުރުވެސް ޑީއެޗް 11ގައި އެޑްމިޓްކޮށްފައިވާ 82 އަހަރުގެ މީހެއް ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް