ads
ޗެންނާއީގެ އެމްއެސް ދޯނީ
ދޯނީގެ 200 ވަނަ މެޗު- ޗެންނާއީގެ ފުރަތަމަ މޮޅު
އިންޑިއަން ޕްރިމިއަރ ލީގުގެ އާ ސީޒަންގައި، ޗެންނާއީ ސުޕަރ ކިންގްސްގެ ފުރަތަމަ މޮޅު ހުކުރު ދުވަހުގެ ރޭ ހޯދައިފިއެވެ. ހުކުރު ދުވަހުގެ ރޭ ޗެންނާއީ ސުޕަރ ކިންގްސް މޮޅުވީ ޕަންޖާބު ކިންގްސް އަތުންނެވެ.

ޕަންޖާބު އަތުން ޗެންނާއީ ހުކުރު ދުވަހުގޭ މޮޅުވި މެޗަކީ، އިންޑިޔާގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ މަހިންދުރަ ސިންގް ދޯނީ، ޗެންނާއީ ސުޕަރ ކިންގްސްއަށް ކުޅެދިން ދުވިސައްތަވަނަ މެޗެވެ.

މި މެޗުގެ ޓޮސް ދިމާވެގެން ޗެންނާއީން ގަސްދުކުރީ ފުރަތަމަ އުކާށެވެ. އެހެންކަމުން ޕަންޖާބު ކުޅެން އަރައި، އަށް ކުޅުންތެރިން ނުބައިވެގެން ވިހި އޯވަރު ތެރޭ ހެދުނީ ސަތޭކަ ހަ ލަނޑެވެ. ދޯނީގެ ޗެންނާއީ ޖަވާބުގައި ކުޅެން ނުކުމެ، ހަތަރު ވިކެޓަށް ސަތޭކަ ހަތް ލަނޑު ހަދައި މެޗު ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.

ޕަންޖާބާ ދެކޮޅަށް ކުޅުނު މެޗަކީ އެމްއެސް ދޯނީ އެ ކްލަބަށް ކުޅުނު ދުވިސައްތަވަނަ މެޗެކެވެ. މިއާ އެކު ދޯނީ ވެފައިވަނީ އައިޕީއެލްގެ އެއް ކުލަބަކަށް އެންމެ ގިނަ މެޗު ކުޅުނު ދެވަނަ ކުޅުންތެރިޔާއަށެވެ. ދޯނީއަށް ވުރެ ގިނައިން އެއް ޓީމަކަށް ކުޅެފައިވާ ހަމަ އެކަނި ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން ވިރާތް ކޯލީއެވެ. ކޯލީވަނީ ރޯޔަލް ޗެލެންޖަރސް ބެންގަލޯރއަށް ދުވިސައްތައަށްވުރެ ގިނަ މެޗު ކުޅެފައެވެ. ކޯލީއާ ދޯނީގެ ފަހަތުން މި ލިސްޓުގައި ދެން ހިމެނެނީ ސުރޭޝް ރައިނާއާ ރަވިންދްރާ ޖަދޭޖާއެވެ. ރައިނާ ސަތޭކަ ނުވަދިހަ މެޗު ކުޅެފައިވާއިރު، ޖަދޭޖާ ކުޅެފައިވަނީ ސަތޭކަ ބައްތިރީސް މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް