ads
އޭއެފްސީ ކަޕުގައި އީގަލްސް އަދި ތިމްޕޫގެ ކޯޗުން އަދި ކުޅުންތެރިން
ވާނުވާ ނޭނގޭ މެޗު: އަބަހާނީ މިހާރު ބޭނުންވަނީ ޑާކާގައި ކުޅެން
އޭއެފްސީ ކަޕު ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ ކްލަބު އީގަލްސްއާ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗު، ޑާކާގައި ކުޅެން އަނެއްކާވެސް އަބަހާނީން ހުށަހަޅައިފިއެވެ. އަބަހާނީން މި ގޮތަށް ހުށަހެޅީ ކުރިން ހުށަހެޅި ގޮތަށް ނޭޕާލުގައި މެޗު ކުޅެން އެ ގައުމަށް ދެވެން އަބަހާނީއަށް ނެތުމުންނެވެ.

އީގަލްސްއާ އަބަހާނީގެ މެޗު ކުޅެން ކުރިން އޮތީ މިދިޔަ ބުދަ ދުވަހުއެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ބަންގްލަދޭޝް ލޮކްޑައުން ކުރުމާ ގުޅިގެން އެ ދުވަހު މެޗު ކުޅެވޭނެ ގޮތެއް ނެތުމުން އަންނަ ބުދަ ދުވަހަށް މެޗު ފަސް ކުރީއެވެ. އަދި އޭނގެ ފަހުން އިންޑިޔާގެ ކަލްކަތާ ނުވަތަ ނޭޕާލުގައި މެޗު ކުޅެވޭނެ ގޮތެއް ވޭތޯ ބެލުމަށް ފަހު ނިންމީ އަންނަ ބުދަ ދުވަހު ނޭޕާލުގައި ކުޅޭށެވެ. އެހެންނަމަވެސް ޑާކާގެ އެއަރޕޯޓް ބަންދުކޮށް އެއްވެސް އިންޓަރނޭޝަނަލް ފްލައިޓެއް ފުރުން އަދި އައުން މަނާ ކުރުމުން ނޭޕާލަށްވެސް އަބަހާނީއަށް ދެވޭނެ ގޮތެއް ނުވީއެވެ. އޭނގެ ފަހުން އޭއެފްސީން ހުށަހެޅީ، އަންނަ ބުދަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި އެ މެޗު ކުޅޭށެވެ. އެހެންނަމަވެސް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަބަހާނީން އަނެއްކާވެސް ޑާކާގައި މެޗު ކުޅެން ބޭނުންވެ އެގޮތަށް ހުށަހެޅީއެވެ. އަބަހާނީން އެ ގޮތަށް ހުށަހެޅީ ހުކުރު ދުވަހުއެވެ.

ކޮންމެ ގޮތެއްވިޔަސް މިއީ އަހަރުމެންގެ ހޯމް މެޗު. އަހަރުމެން ހޯސްޓް ކުރާ މެޗެއް. އަހަރުމެން ބޭނުމީ މި މެޗު ޑާކާގައި ކުޅެން. މި މަހުގެ އެކާވީސްވަނަ ދުވަހު ބަންގްލަދޭޝްގެ ލޮކްޑައުން ނިމުމަކަށް އަންނާނެ ކަމަށް މި ބަލަނީ، އޭރުން މި މަހުގެ ފަންސަވީސްވަނަ ދުވަހު މި މެޗު ކުޅެވިދާނެ. މިކަމާ ގުޅޭ ގޮތުން ފައިނަލް ނިންމުމެއް ހޯމަ ދުވަހު ނިންމޭނެ ކަމަށް މި އުއްމީދު ކުރަނީ.

މި މެޗާ ގުޅޭ ގޮތުން އެފްއޭއެމުން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނެތް ނަމަވެސް އެ މެޗު މާލެއަށް ބަދަލު ކުރެވޭތޯ އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަކަމަށް ނުރަސްމީކޮށް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.

އީގަލްސް ޑާކާ އަބަހާނީއާ ކުޅެން ފުރުސަތު ހޯދީ ޕްރިމިލިނަރީ ފުރަތަމަ މެޗުގައި މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. ޑާކާ އަބަހާނީއާ އީގަލްސް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ. އެ މެޗު ކުޅެން ހަމަ ޖައްސާފައިވަނީ އިންޑިޔާގެ ގޯއާގައެވެ. އެ މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ. ގްރޫޕް ސްޓޭޖުން މިހާރު ފުރުސަތު ހޯދާފައިވާ ޓީމުތަކަކީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން، ރާއްޖޭގެ މާޒިޔާ އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް