ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނާއެކު:-
ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވީ ކޮވިޑް 19 ޖެހިގެން
ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވީ ކޮވިޑް 19 ޖެހިގެންކަން އާއިލާއިން ސީއެންއެމްއަށް ކަށަވަރުކޮށްދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާ އިބްރާހިމް ކަލޭފާނު މަރުވި ފަހުން ކޮވިޑަށް ޓެސްޓު ކުރުމުން ނަތީޖާ ވަނީ ޕޮޒިިވްވެފަ އެވެ.

ނާއިލާ މިއަދު ހެނދުނު ގޭގައި އަހަވާރަވެފައި ވާއިރުގައި އެކަމަނާގެ އުމުރަކީ 72 އަހަރެވެ.

އެކަމަނާ ވަނީ ދުނިޔޭގައި ހުންނެވި އިރުގައި 25 ވަރަކަށް އަހަރު ވަންދެން އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފަ އެވެ. އެހެންކަމުން އެކަމަނާ މަޝްހޫރު ވެފައި ވަނީ ނާއިލާ މިސްގެ ނަމުންނެވެ.

ނާއިލާ ސްރީލަންކާއާއި ނިއުޒީލޭންޑުން ތައުލީމު ހާސިލްކުރައްވާފައި ވާއިރުގައި އޭނާ ލިޔުއްވި ރެސިޕީ ފޮތް "ޒީނާރު" ވަނީ ދިވެހީންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ވެސް ހޯދައިފަ އެވެ.

ނާއިލާއަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެރަލު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ   .އަނބިކަނބަލުންނެވެ

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް