ads
ބަލިވެ އުޅުމުގެ ސަބަބުން އަމީތާބުގެ ފަސް ކިލޯ ލުއި ވެއްޖެ
ބޮލީވުޑުގެ ތަޖުރިބާކާރު ބަތަލު އަމީތާބު ބައްޗަންގެ ސިއްހީ ހާލަތު މިފަހަރަށް އައިސް ތަންކޮޅެއް ގޯސްވެފައިވާއިރު އެ ދުވަސްތަކުގައި ފަސް ކިލޯ ލުއިވި ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑުގެ ތަޖުރިބާކާރު ބަތަލު އަމީތާބު ބައްޗަން މިދޭތެރެއިން ބަލިވެ އުޅުމުގެ ސަބަބުން ފަސް ކިލޯ ލުއިވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަމީތާބަށް ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭނާ ފަރުވާ ހޯދާފައިވަނީ ލިވާގެ މައްސަލައަކަށް ކަމަށް ވެސް ވެއެވެ. އެކަމަކު ބައްޔާ ގުޅޭ މައުލޫމާތު ހިއްސާކުރަން އަމީތާބު ބޭނުމެއް ނުވެ އެވެ.

އަމީތާބު ބުނީ އޭނާގެ ބަލި ހާލަތާ ގުޅިގެން ކެއުމުގެ ކަންތައްތައް ބެހެއްޓީ ވަރަށް ބޮޑަށް ބަލައިގެން ކަމަށާއި އެހެންކަމުން ފަސް ކިލޯ ހިކުމުން ހިތްހަމަޖެހޭ ކަމަށެވެ.

އަމީތާބު ހޮސްޕިޓަލުން ދޫކޮށްލުމާއެކު އޭނާއަށް ތައީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ އަމީތާބު ދިރިއުޅެމުންދާ ގެ ކައިރިއަށް ޖަމާވެފަ އެވެ.

އައްޑިހައިގެ އަހަރުތަކުގައި އެންމެ ގަދައަށް ވިދާލި އަމީތާބަކީ މިއަދު ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އެންމެ ފަހުން މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު ބަދްލާއިން ފެނިގެންދިޔަ އަމީތާބުގެ ކުރިއަށް އޮތް ފިލްމަކީ "ބްރަހްމަސްތުރާ" އެވެ. މިފިލްމު ނެރޭނީ އަންނަ އަހަރު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް