ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން 100 ޕަސަންޓް ޔަގީން!
މާފުށި ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 100 ޕަސަންޓް ރައްކާތެރިކަން އެބައޮތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މާފުށި ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް މާފުށި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 100 ޕަސަންޓް ރައްކާތެރިކަން އެބައޮތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން މިހެން ބުނެފައިވަނީ މާފުށި ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާތާ ދުވަސްތަކެއް ވެފައިވާތީ މާފުށި ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ބުނަމުންދާ ވަގުތެއްގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ މާފުށި ޖަލުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމަށް ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް އެއީ ޖަލުގެ ކުޑަ ޔުނިޓެއްގައި އެކަނި ހިނގާ ހަމަނުޖެހުމެއް ކަމަށެވެ.

ޖަލުގެ އެ ޔުނިޓްގައި ހިނގި ހަމަނުޖެހުންވެސް މިހާރު ހަމައަކަށް އަޅުވާފައިވާ ކަން ފާހަގަކުރައްވަމުން މުނާޒު ވިދާޅުވީ މާފުށި ޖަލުގައި ތިބި ގައިދީންނާއި މިވަގުތު ގައިދީއެއްގެ ގޮތުގައި ހުންނެވި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން 100 ޕަސަންޓް ޔަގީންކޮށްދޭ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

މިހުކުމާ ގުޅިގެން ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި މާފުށި ޖަލުގައި ހަދާފައިވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް މިމައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް