ads
ސްޕޯޓްސް ކޮމިޝަނަރ ހީނާ ސަލީމް ޖިމްގައި ކަސްރަތު ކުރައްވަނީ
އަންނަ އަހަރު މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ވިސްނުން އެބަހުރި: ހީނާ
ދެހާސް ބާވީސްވަނަ އަހަރު މިސްޓަރ މޯލްޑިވްސް މުބާރާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ވިސްނުންފުޅު އެބަހުންނެވި ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ ފޭސްބުކުގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައެވެ.

ކުޅިވަރުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ހީނާ، ހޮނިހިރު ދުވަހު ފޭސްބުކްގައި، ޖިމްގައި ކަސްރަތު ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް އާއްމު ކުރައްވަމުން ވިދާޅުވެފައިވަނީ މިސްޓަރ މޯލްޑިވްސްގައި ބައިވެރިވެވަޑައިގެންނެވުމުގެ ވިސްނުންފުޅޫ އެބަހުންނެވި ކަމަށެވެ. އެއާއި އެކު އެތައް ބަޔަކުވަނީ ސްޕޯޓްސް ކޮމިޝަނަރަށް ހިތްވަރު ދެއްވާފައެވެ.

ދެހާސް ބާވީސްވަނަ އަހަރުގެ މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ވިސްނުން އެބަހުރި. އިންޝާ ﷲ، މިއީ ވަރަށް ވާހަކަ.

އަންނަ އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝައުގުވެރިކަން ހީނާ ފާޅު ކުރައްވާފައިވީނަމަވެސް، އެ މަގާމުގައި ހުންނަވައިގެން ހީނާއަކަށް އެ މުބާރާތުގައި ވާދައެއް ނުކުރެއްވޭނެއެވެ. ކުޅިވަރު ގާނޫނު ބުނާ ގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ކުލަބެއްގެ މެންބަރަކަށް އަދި ކުޅުންތެރިއަކަށް ނުވުން ހިމެނެއެވެ. މިސްޓަރ މޯލްޑިވްސް މުބާރާތަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު އެސޯސިއޭޝަނެއްކަމަށްވާ ބޮޑީ ބިލްޑިންގ ފެޑެރޭޝަނުން ހިންގާ މުބާރާތެކެވެ.

ސްޕޯޓްސްގެ ކޮމިޝަނަރުގެ މަގާމަށް ކުރީގެ ކޯޗު އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އައްޔަން ކުރައްވާފައިވަނީ ރައީސް އިބްރާހިމް ސޯލިހުއެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހީނާ ސަލީމް އައްޔަންކުރެއްވާފައިވަނީ މިނިސްޓަރުގެ ނައިބް ފެންވަރުގަ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު އަދާކުރައްވަމުން އަންނަ ހީނާ އަހްމަދު ސަލީމަށް ކުޅިވަރުގެ އާއިލާގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އެކިކަންކަމާ ގުޅިގެން އަމާޒުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް