ads
ރޭޕާއި ދެކޮޅަށް މީގެ ކުރިން މާލޭގައި ކޮށްފައިވާ މުޒާހަރާއެއްގެ ތެރެއިން --
މާލެ ރޭޕް ކޭސް: ހައްޔަރު ކުރި ދެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި
މާލޭގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރި ދެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އެ ދެމީހުން ކްރިމިނަލް ކޯޓަށް ގެންދިޔަ ކަމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިދިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ ކުރިން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 20:10 ހާއިރު އެވެ. އަދި ކުށުގެ ވެށިން 18 އަހަރުގެ ދިވެހި ފިރިހެނަކާ، 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް