ads
ފޮޓޯ:ނަޓްލީޝިއަސް
ސީއެންއެމް ބަދިގެ: މި ހަވާދުލީ ބިސް ތަފާތުވާނެ
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހިމަނާލަނީ "ހަވާދުލީ ބިސް" އެވެ.

ހަވާދުލީ ބިސް އެއީ ރޯދަމަހެއްގައި ސުފުރާމަތިން ފެނުން ކޮންމެހެން ލާޒިމު އެއްޗެކެވެ. ޒުވާނުންގެ މެދުގައިވެސް މަގުބޫލު ހަވާދުލީ ބިސް ސީއެންއެމް ބަދިގޭގައި މި ތައްޔާރުކޮށްލަނީ ވަރަށް ވެސް ތަފާތު ރަހަމީރު ކޮށެެވެ.

ބޭނުންވާ ތަކެތި:

  • ފިޔާ
  • ހިކަދިފަތް(ކުދިކޮށް ކޮށާފަ)
  • މިރުސް
  • 1/2 ލުބޯ
  • 1 ސައިސަމުސާ ލޮނު
  • 1 ސައިސަމުސާ އަސޭމިރުސް
  • 150 ގުރާމު ހިކިމަސް(ހިމުންކޮށްފަ)
  • ކާށި ހުނި
  • ޓޮމާޓޯ ޕޭސްޓު
  • މުގުރި މިރުސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މަސްހުނިގަނޑު ރެޑީކޮށްލާނީއެވެ. މަސްހުނިގަޑު ރެޑީކުރުމަށް ކޮށާފައިހުރި ދެ ފިޔާ، ދެ މިރުސް، ހިކަދިފަތް، 1/2 ލުބޯ، އެއް ސައިސަމުސާ ލޮނު، އެއްސައިސަމުސާ އަސޭމިރުސް، ކާށިހުނި އަދި މުގުރި ހިކި މަސް، މިހުރިހާ އެެެއްޗެެއް އެޅުމަށްފަހު މޮޑެލާށެެވެ. ދެން އެ މަސްހުނިގަނޑުން ގުޅަ ހެދުމަށްފަހު އިހަށް ބަހައްޓާލާށެެވެ.

ދެވަނަ ކަމަކަށް ފުށްގަނޑު ރެޑީކޮށްލާނީއެވެ. އެގޮތުން ރޮށި ދެމުމަށް ތައްޔާރުކުރާގޮތަށް ފުށްގަނޑެއް ތައްޔާރުކޮށްލާށެވެ. ފުށްގަނޑު ތައްޔާރުވުމުން ކުރިން ގުޅަހެދި މަސްހުނީގައި ބިހުގެ ބައްޓަމަށް ފުށުން ބައްދާލުމަށްފަހު ހޫނުފެނުގައި އެ އެއްޗެހި ހަރުވަންދެން ކައްކާލާށެވެ. ދެން އެވެސް އިހަށް ބަހައްޓާލާނީއެވެ. 

އެއަށްފަހު ފޭސްޓުގަނޑު ތައްޔާރުކޮށްލާށެެވެ. މި ޕޭސްޓު ތައްޔާރުކުރުމަށް ފިޔާ، ހިކަނދިފަތް ލޮނުމެދު އަދި މިރުސް ތެޔޮއެޅުމަށްފަހު ރަނގަޅަށް ރަތްކޮށްލާށެވެ. ފިޔާގަޑު ރަތްވުމުން ދެ ސަމުސާ ޓޮމާޓޯ ޕޭސްޓު އަދި އެއް ސަމުސާ މުގުރިމިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހޫނުކުރި ފުށް ބިސްތައް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލުމުން ހަވާދުލީ ބިސް ތައްޔާރު ކުރެވުނީއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް