ads
ސިޓީ- ޗެލްސީ މެޗުގެ ތެރެއިން
ސިޓީ ކަޓުވާލާ ޗެލްސީން ފައިނަލަށް
އިނގިރޭސި އެފްއޭ ކަޕްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީން ހޯދައިފިއެވެ. ސިޓީ އަތުން ޗެލްސީ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ އާދިއްތަ ދުވަހުގެ ރޭ އޮންނަ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފަހުއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ވާދަކުރާނީ ލެސްޓާ ސިޓީއާ ސައުތެމްޓަންއާ އެވެ.

ސިޓީ ކަޓުވާލާ ޗެލްސީ ފައިނަލުން ޖާގަ ހޯދިއިރު މިއީ ޗެލްސީން ފައިނަލުން ވިދިވިދިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އަނެއްކޮޅުން ސިޓީ، ސެމީ ފައިނަލުން ވިދިވިދިގެން ކެޓިވެސް މިއީ ދެވަނަ ފަހަރެވެ.

ޗެލްސީއާ ސިޓީ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޗެލްސީއަށް ޖަހައިދިނީ ހަކީމް ޒިޔެޗް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް