ads
ޗޮކްލެޓް ބަނާނާ ސްމޫތީ
ސީއެންއެމް ބަދިގެ: ޗޮކްލެޓް ބަނާނާ ސްމޫތީ
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހުށަހަޅާލަނީ "ޗޮކްލެޓް ބަނާނާ ސްމޫތީ" އެވެ.

މިއަދު ސީއެންއެމް ބަދިގޭގައި މި ހުށަހަޅާލަނީ ސުމޫތީއަކީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ސުމޫތީ އެކެވެ.

ިބޭނުންވާ ތަކެތ:

  • 2 ދޮންކެޔޮ ވަށް
  • ކެޝޫ ނަޓްސް
  • 1 ޖޯޑު ރޯ ކިރު
  • 1 މޭޒުމަތީ ސަމުސާ ޗޮކުލެޓް ސިރަޕް
  • 1 ޖޯޑު ގަނޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް ބްލެންޑާ އަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އޭރުން އެހެރީ ޗޮކްލެޓް ބަނާނާ ސްމޫތީ ތައްޔާރުވެފައެވެ.

އެއަށް ފަހު އިތުރު ދޮންކެޔޮވަކެއް ފޮތިފޮށްޗަށް ކޮށާލުމަށް ފަހު ސްމޫތީގެ މަތީގައި އަތުރާލާށެވެ. އެއަށް ފަހު ކެޝޫ ނަޓްސް ވެސް ގާނިޝްކޮށްލުމަށް ބޭނުންކުރެވިދާނެއެވެ. ބޭނުންނަމަ ޗޮކްލެޓު ސިރަޕުވެސް އަޅާލެވިދާނެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް