ads
އެވެލީން އޭނާެ ފިރިމީހާ އަދި ދޮށީ ދަރިފުޅާއެކު ---
އިނގިރޭސިވިލާތުން ފުރަތަމަ ހައްޖުވި އަންހެން މީހާގެ ވާހަކަ
ލޭޑީ އެވެލީން މުރޭ އަކީ ވިކްޓޯރިއަން އޭރާގައި އިސްލާމްކަން ގަބޫލު ކުރި މީހުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ނަމެކެވެ.

ކުއީން ވިކްޓޯރިއާގެ ޒަމާނުގައި، "މަތީ ފަންތީގެ" ގިނަ ބަޔަކު ވަނީ އިސްލާމް ދީނަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. 

އެގޮތުން އޭރުގެ ޝާހީ އާއިލާގެ މީހުންނާއި، އިސްވެރިންނަކީ އެކި މުސްލިމު ގައުމުތަކަށް ގިނައިން ދަތުރުކުރާ ބައެއް ކަމުން، މިއީ އާންމު ކަމެކެވެ. އެވެލީން އަކީވެސް މިފަދަ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެގޮތުން އޭނާގެ ހަޔާތުގެ އެކި ވާހަކަ ހިމެނޭ ޑައިރީއެއްގައި އެވެލީން ވަނީ، އިސްލާމްވި ގޮތާއި ގުޅިގެން ލިޔެފައެވެ.

މި ޑައިރީއަށް ބިނާކޮށް އެވެލީންގެ ހަޔާތަށް ބަލާއިރު، އޭނާގެ ކުޑައިރުގެ ގިނަ ދުވަސްތަކެއް އޭނާ ހޭދަކޮށްފައިވަނީ ސްކޮޓްލޭންޑް އަދި ނޯތް އެފްރިކާގެ އެކި ގައުމުތަކުގައެވެ. އެގޮތުން އެދުވަސްވަރު އެވެލީން ވަނީ އަރަބިން ވާހަކަ ދައްކަން ދަސްކޮށްފައެވެ. އަދި އޭނާގެ އަލްޖީރިއަން ރަހުމަތްތެރިންނާއެކު އޭރު މިސްކިތަށް ވަރަށް ގިނައިން ދާކަމަށް އޭނާގެ ޑައިރީގައި ލިޔެފައިވެއެވެ.

އެވެލީން ބުނާ ގޮތުން ނަމަ، އޭނާއަށް އޭރު އެހެން ނުވިސްނުން ނަމަވެސް، އޭރުވެސް އޭނާވަނީ ދީނަށް ލޯބި ޖެހިފައެވެ. އަދި އޭނާއަކީ އޭރުވެސް "މުސްލިމެއް" ކަމުގައި އަމިއްލައަށް ދެކެވޭ ކަމަށް އެވެލީން ބުނެފައި ވެއެވެ.

އެވެލީން އިސްލާމް ދީން ގަބޫލު ކުރި ވަކި ތާރީހެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭނާގެ ޑައިރީގައި އޭނާ ވަނީ، އޭނާއަކީ މުސްލިމެއްކަމަށް އާންމުތަނެއްގައި ބުނެ، އޭނާ ފުރިހަމައަށް އިސްލާމް ދީނަށް އުޅެން ފެށީ، ޗުއްޓީގައި ރޯމް އަށް ގޮސްހުރިއިރު ދިމާވި ޕޯޕް އެއް ކުރި ސުވާލަކުން ކަމަށެވެ.

އެގޮތުން އެ ޕޯޕް ވަނީ އޭނާއަކީ ކެތޮލިކް ދީނުގެ މީހެއްތޯ ސުވާލު ކޮށްފައި ކަމަށާއި، އޭނާ އެއަށް ޖަވާބު ދިނީ އޭނާއަކީ މުސްލިމެއް ކަމަށް ބުނެ ކަމަށް އެވެލީންގެ ޑައިރީގައި ބުނެފައިވެއެވެ.

އޭނާ އަކީ މުސްލިމެއް ކަމަށް އޭނާއަށް ބުނެވުނީ ކީއްވެކަން ނޭނގޭ ކަމަށާއި، އޭނާ އެހެން ބުނި އިރު، އިސްލާމް ދީނާއި މެދު ނުވިސްނާތާވެސް އަހަރު ތަކެއް ވެފައިވާ ކަމަށް އެވެލީންގެ ޑައިރީގައި އޭނާ ބުނެފައިވެެއެވެ. އަދި މި ހާދިސާ ވެގެން ދިޔައީ އުއްމީދުގެ ހުޅުކޮޅަކަށް ކަމަށާއި، އޭގެ ފަހުން އޭނާ ދީން އުނގެނެން ފެށި ކަަމަށް އެވެލީން ބުނެފައިވެއެވެ.

އިސްލާމް ދީން ގަބޫލު ކުރުމަށްފަހު އެވެލީން ވަނީ އޭނާގެ ނަން، ޒައިނަބް ކޮބޮލްޑް އަށް ބަދަލުކޮށްފައެވެ. އޭރު އޭނާ އުޅުނީ ޖޯން ކޮބޮލްޑް އާއި އިނދެގެންނެވެ.

އެވެލީންގެ އުމުރުން 65 އަހަރުގައި އޭނާ ވަނީ މައްކާއަށް ގޮސް، ހައްޖުގެ އަޅުކަން އަދާ ކޮށްފައެވެ. މިއީ މިހާތަނަށް ލިޔެ ކިއުންތަކުން ފެންނަ، އިނގިރޭސިވިލާތަށް ނިސްބަތްވާ ފުރަތަމަ އަންހެން މީހާއެވެ.

އެވެލީން ވަނީ ވަރަށްގިން މީހުން އޭނާ އިސްލާމްވީ ކީއްވެތޯ ސުވާލު ކުރާ ކަމަށެވެ. އަދި ހަގީގަތަށް ބުނާނަމަ، އިސްލާމް ދީނުގެ ހިދާޔަތު އޭނާއަށް ލިބުނު އިރެއް ނޭނގޭ ކަމަށާއި، ނަމަވެސް އޭނާއަށް ފެންނަ ގޮތުގައި އޭނާއަކީ އަބަދުވެސް މުސްލިމެއް ކަމަށް އެވެލީން އޭނާގެ ޑައިރީގައި ބުނެފައިވެއެވެ.

އެވެލީންގެ ވާހަކަ މަޝްހޫރުވަނީ، ލިޔެކިއުންތަކުން އޭނާއަކީ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ހައްޖުގެ އަޅުކަން އަދާކުރި އަންހެން މީހާއަށްވާތީއެވެ. އަދި އޭނާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރި ދަތުރުގެ ވާހަކަ ވަނީ "ޕިލްގްރިމޭގް ޓު މައްކާ" ގެ ނަމުގައި، ފޮތެއްގެ ސިފައިގަ ޝާއިއުކޮށްފައެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް