ads
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން--
ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ވަގުތެއްގައި މާލެ ގެނެސް ފުލުހަށް ހާޒިރުކޮށްފި އެވެ.

މިކަން ކަރެކްޝަނުން ވަނީ "ސީއެންއެމް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން މިއަދު ހެނދުނު ރައީސް ޔާމީން މާލެ ގެނެސްފައިވަނީ މިއަދު 11:00 އަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ. 

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންވެސް ރައީސް ޔާމީން ވަނީ މާލެ ގެެނެސްފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ވެކްސިން ޖެހުމަށެވެ. އަދި ވެކްސިން ނުޖަހާ ރައީސް ޔާމީން އަނބުރާ ޖަލަށް ގެންދިޔައީ އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވުމުން ކަމަށް މީގެ ކުރިން ކަރެކްޝަންސް އިން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް