ads
ދިރާގު ރޯދަ ހަދިޔާ --- ފޮޓޯ: ދިރާގު
ދިރާގުޓީވީގެ ރޯދަ ހަދިޔާ: އިތުރު ހަރަދަކާ ނުލާ 100 އަށް ވުރެ ގިނަ ޗެނަލް
ދިރާގުޓީވީއިން ރޯދަ ހަދިޔާ އިތުރު ހަރަދަކާނުލައި 100 އަށް ވުރެ ގިނަ ޗެނަލް ހުރިހާ ކަސްޓަމަރުންނަށްވެސް ލިބޭގޮތަށް ހަމަ ޖައްސައިފިއެވެ.

ދިރާގުން ބުނީ  ރޯދަ ހަދިޔާއެއްގެ ގޮތުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އެއްވެސް އިތުރު ހަރަދަކާނުަލަައި ހުރިހާ ޗެނަލް ބަލާލެވޭނެ ގޮތް ހަމަޖައްސައިދީފަވާނެ ކަމަށެވެ. ހަމައެއާއެކު ދިރާގުން އަލަށް ތައާރަފްކުރި ގޯލްޑް ޕެކޭޖްގެ ކަސްޓަމަރުންނަށް 150 ރުފިޔާގެ ޑިސްކައުންޓެއް މޭމަހުގައި ލިބިގެން ދާނެކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.

މިފުރުސަތުގައި މިދުވަސްކޮޅަކީ ދިރާގު ޓީވީއަށް ގުޅައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ދިރާގުން ފާހަގަ ކުރިއެވެ. އަދި މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅީން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑާ)ވެސް މުޅިން ހިލޭ ލިބިގެން ދާނެ އެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށްދާނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ިމިމުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ އެވެ.

ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭކަމަށްވެސް ދިރާގުން ފާހަގަ ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް