ads
ރައީސް އޭނާގެ ވަކީލުންނާއެކު ---
ރައީސް ޔާމީނަށް ކުރާ ދައުވާތަކަކީ ޒާތީކަމެއް: ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރާ ދައުވާތަކަކީ ގާނޫނީ ކަމެއް ނޫން ކަމަށާއި، އެއީ ޒާތީ ކަމެއް ކަމަށް ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ފުލުހަށް ހާޒިރު ކުރުމަށެވެ. އެގޮތުން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު 11:00 ގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފުލުހުންގެ އިދާރާއިން ނިކުތުމަށް ފަހު، ވަކީލުންގެ ޓީމުން ގެ ފަރާތުން ޑރ. ޖަމީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ޒާތީ ދައުވާއެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން މިއަދު ބަސްބުނެފި. އެ ބަސް ބުނީ ރައީސް ޔާމީނުގެ މައްޗަށް، މިކުރާ ކަންތައްތަކަކީ ކަނޑައެޅިގެން އަނިޔާއެއް. އެއީ ޒާތީ ކަމެކޭ، ހަސަދަވެރިކަމެކޭ މީކީ ސިޔާސީ ކަމެކޭ. މީކީ އެއްވެސް ހާލެއްގައި ގާނޫނީ ކަމެއް ނުވަތަ ގާނޫނީ ކަމެއް އޮވެެގެން ކުރާ ކަމެއް ނޫނޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ސިލްސިލާ ގޮތެއްގައި އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތަހުގީގުގެ ތެރެއިން ކަމަށެވެ. އަދި މި ތަހުގީގަކީ ރައީސް ސޯލިހު އިސްވެ ހުންނަވާ ހިންގާ ޖަރީމާއެއް ކަމަށް ޑރ. ޖަމީލް ސިފަ ކުރެއްވިއެވެ. 

މި ކަން ޖަރީމާއެއް ގޮތުގައި ސިފަ ކުރަނީ، މިހާހިސާބަށް އައިއިރު އެމްއެމްޕީޢާރުސީ މައްސަލައިގައި، ދައުވާ އަދި ތަހުގީގު ކުރެވިފައިވާ އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އަދި ތަހުގީގެއްވެސް ކުރެވިފައި ނުވާތީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި އެމްޑީޕީގެ ތެރެއިން، އެމްޑީޕީގެ މީހުން ނިސްބަތްވާ އެތައް މިނިސްޓްރީއަކާ އެތައް ތަނެއްގައި ހިނގައިދިޔަ ބޮޑެތި ވައްކަންތައް ތަހުގީގު ނުކުރެވޭ ކަމަށް ޖަމީލު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރު ކޮރަޕްޝަން ހިމެނޭ ކަމަށާއި، މިކަމުގައިވެސް ތަހުގީގެއްވެސް ކުރެވިފައި ނުވާ ކަމަށާއި ދައުވާއެއް ކުރެވިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ އަދުލު އިންސާފަކީ އެމްޑީޕީއަށް ނުވަތަ އެހެން ފަރާތަކަށް ނުވަތަ އެއްވެސް ސިޔާސީ މީހެއްގެ ނުފޫޒުގެ ދަށުގައި އޮވެގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަދުލު އިންސާފަށް އަތް ބޭނުމަށް ރައީސް ނަޝީދާއި، ރައީސް ސޯލިހު އަދި އެމްޑީޕީއަށް ޖާގަ ނުދިނުމަށް ޑރ. ޖަމީލް ގޮވާލެއްވިއެވެ. 

މީގެ އިތުރުން ޖޭއެސްސީ "ފިއްތަވައިގެން" ފަނޑިޔާރުން ބޭނުން ކުރަން ކުރާ މަސައްކަތްތަކަށް ނޫނެކޭ ބުނުމަށް ޖަމީލް ގޮވާލެއްވި އެވެ. 

ޖަމީލް ވަނީ ރައީސް ޔާމީންގެ މިނިވަންކަމަށް އެދި ރައްޔިތުން ނިކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ އެމްއެމްޕީޢާރުސީ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ސުވާލު ކުރުމަށެވެ. 

ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އެމްއެމްޕީއާރުސީގެ މައްސަލައަކާއި ގުޅިގެން ކުރި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މި މައްސަލައިގަ ނިންމާފައިވަނީ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށެވެ.  

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް