ads
ފޮޓޯ: އިންސްޓަގުރާމް
ޝިފާ ވެސް އަދި ހުރީ ހުސްކޮށް!
ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ވާހަކަ ދައްކަން ފަށާނަމަ އެންމެ ފުރަތަމަވެސް ދޫކޮށް ނުލެވޭނެ ތަރިއަކީ ޓިކްޓޮކް ކުއީންގެ ގޮތުގައި މަޝްހޫރުވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއެވެ.

ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށްވެސް ޓިކްޓޮކްގެ ތެރެއިން ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައްވެސް އަމާޒުވި ޝިފާގެ ކަޅި އަމާޒުވެފައިވާ އެތަކެއް ޒުވާނުންނެއްވެސް އެބަތިއްބެވެ. އަދި އޭނާ ހުރީ ހުސްކޮށްތޯ ބަލާލަން ބޭނުންވާ އެތަކެއް ޒުވާނުންނެއްވެސް ތިބޭނެކަން ގައިމެވެ.

އެފަދަ ކުދިންނަށް މިއޮތީ ވަރަށްވެސް އުފާވެރި ހަބަރެކެެވެ. އޭނާ ހުރީ ހުސްކޮށެވެ. ޝިފާ މިކަން ހާމަކޮށްފައިވަނީ ޓީވީ ޝޯއެއްގެ ތެރެއިންނެވެ. އެ ޝޯގެ ތެރެއިން ޝިފާ ސިންގަލްތޯ އަހާލުމުން އޭނާ ވަނީ ލަދުން އާއެކޭ ބުނެފައެވެ. އެހެންނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ޝިފާ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާއިރު، އެ ކައިވެންޏަށް ކުއްޖަކު ލިބިފައިވެއެވެ. އެހެންނަމަވެސް އޭނާ މިވަގުތު ހުރީ ހުސްކޮށެވެ. 

އެހެންކަމުން މިއީ މި ސުވާލަށް ޖަވާބު ހޯދަން ބޭނުންވި އޭނާގެ ފޭނުންނަށާއި ދިވެހި ޒުވާނުންނަށްވެސް އުފާވެރި ހަބަރަކަށް ވާނެތާއެވެ. 

ޝިފާގެ ޓިކްޓޮކް ފޮލޯވަރުންގެ ތެރޭގައި މިހާރުވެސް 78،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އަދި އިންސްޓަގްރާމްގައި 30،000 ފޯލޯވަރުން އުޅެއެވެ.  

26%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
48%
ވަރަށް ސަލާމް
ކޮމެންޓްސް