ads
މީރާގެ ބުޅާތައް ދެކުނިންތަ؟
މާލޭގެ މަގުތަކާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ބުޅަލަށް އަނިޔާކޮށް މަރާ ހަދާ މައްސަލަތަކުގައި އެންމެ ގަދަ އަށް އަޑުއުފުލާ ފަންނާނަނީ ހަމަގައިމުވެސް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އެވެ.

މީރާ ފާހަގަކުރެވެނީ ބުޅަލަށް ލޯބިކުރާ ތަރިއެއްގެ ގޮތުގައެވެ. މީރާގެ އިންސްޓަގްރާމަށް ބަލައިލުމުންވެސް މިކަން އެނގިގެން ދާނެއެވެ.

މީރާގެ އިންސްޓަގުރާމުގައި އޭނާ ވަނީ އޭނާ ގެންގުޅޭ ބުޅާތައް ދައްކާލާފައެވެ. އަދި އޭގެ ކޮންމެ ހަރަކާތެއް މީރާ ކެޕްޗާކޮށް ފޭނުންނާއި ހިއްސާކުރެއެވެ. 



your image

މީރާގެ ބައެއް ބުޅާތައް———ފޮޓޯ: އިންސްޓާ

“އުސްކާ” އަދި “ސިބީ” ކިޔާ ބުޅަލެއްވެސް މީރާ ގެންގުޅެއެވެ. އޭނާގެ ބެސްޓު ފްރެންޑުގެ ގޮތުގައިވެސް ދެކެނީ އޭނާގެ ބުޅާތަކެވެ. 

މީރާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ލަވަކިޔުންތެރިޔާއެވެ.



8%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް