ads
ގެއްލުނު ޑިންގީ ނަގަނީ---ފޮޓޯ:އެމްއެންޑީއެފް
ނަސްރު ދަތުރުކުރި ޑިންގީ ކަނޑުއަޑިން ނަގައިފި
ބ. ދޮންފަނު ކައިރިން މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު ނަސްރުﷲ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގައިފިއެވެ.
ބ. ދޮންފަނު ކައިރިން މި މަހުގެ ދެވަނަ ދުވަހުގެ ރޭ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ކަނޑަށް ވެއްޓި ގެއްލުނު ނަސްރުﷲ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ނަގައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ޑިންގީ ނަގާފައިވަނީ ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން 46 މީޓަރު އަޑިން ކަމަށެވެ. އެމްއެންޑީއެފްގެ ސީޖީ ސްކޯޑަންގެ ޑައިވަރުން އެޑިންގީ ނަގާފައިވާއިރު އެޑިންގީ މިހާރު ވަނީ ބ. ދަރަވަންދޫއަށް ގެންގޮސްފަ އެވެ.

ގެއްލުނު ޑިންގީގައި ހަރުކޮށްފައިވާ އިންޖީނުގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ވެސް އިއްޔެ ވަނީ ފެނިފަ އެވެ. ނަމަވެސް މިހާތަނަށް ނަސްރު އަދި ފެނިފައެއް ނުވެ އެވެ.

ނަސްރު ހޯދުމަށްޓަކައި ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންވެސް އޭނާ ފެނޭތޯ މަސައްކަތް ވަނީ ކޮށްފަ އެވެ. މީގެއިތުރުން ސިފައިންގެ ލޯންޗުން ވަނީ ކަނޑުގެ ސާފޭސް އޭރިއާވެސް ބަލާފަ އެވެ.

މިހާދިސާގައި ހިނގިތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު އަދިވެސް ހުއްޓުމެއް ނެތި އޭނާގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށާއި އަދި އެ އޮޕަރޭޝަން ހުއްޓާލާނެ ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާއަށްފަހު ސިފައިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފިޓިނެންޓް ކާނަލް އަހްމަދު މުޖުތަބާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު ނަސްރު އަދި އަޑިއަށް ދިޔަ ޑިންގީ ހޯދުމުގެ އެ އޮޕަރޭޝަނުގައި 120 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ސާޗް ކުރަމުންދަނީ ފެންނަ ތަކެއްޗާއި އެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ކޮމްޕިއުޓަރުން ޖެނެރޭޓް ކުރާ ބޭސް ސަރަހައްދަކަށް ބަލައިގެން ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ. އަދި އެ ހުރިހާ އެއްޗެއް އެއްކޮށްގެން ވަރަށް ރަނގަޅަށް އެ ސަރަހައްދު ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ބ. އަތޮޅުގެ ބޮޑު ބައެއް ވައިގެ މަގުންވެސް ބަލާފައިވާ ކަމަށާއި ރޭގަނޑުގެ ވަގުތުތަކުގައި ނައިޓް ވިޝަން ކެމެރާވެސް ސިފައިން ބޭނުންކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ކުރިން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ ބ. ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮންނަ ސަރަހައްދެއް ކަމަށާއި ނަމަވެސް ނަސްރުﷲ ގެއްލުނު ސީދާ ސަރަހައްދު ނޭނގުމުގެ ސަބަބުން އޭނާ ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

މިހާދިސާގައި ޑިންޑީގައި ދަތުރު ކުރި ތިން މީހުން ކަމަށާއި މީގެތެރެއިން މިހާދިސާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބުނު ކަމަށް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ޑިންގީ ދުއްވަން އިން މީހާގެ އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ދެން ހުރި މީހާ އަށް ވެސް ބޭރުފުށުން ވަރަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެކްސިޑެންޓުގައި ކަނޑަށް ގެއްލުނު ނަސްރުﷲ އަބްދުﷲގެ އާއިލާގެ މީހުން އަދިވެސް ތިބީ އޭނާގެ ހަށިގަނޑު ފެންނާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށްވެސް އަލީ މާޖިދު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް