ads
ބެލްޖިއަން ވަފްލްސް——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: ބެލްޖިއަން ވަފްލްސް
ސީއެންއެމް ބަދިގޭގައި މިއަދުގެ މި ހިމަނާލަނީ "ބެލްޖިއަން ވަފުލްސް" އެވެ.

ވެފުލްސްއަކީ ގިނަ ބަޔަކު ރޯދަމަސް ނޫނަސް ވަރަށް ގަޔާވާ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ވެފްލްސްއެއް ކާހިތްވުމުން ދާންޖެހެނީ ކޮންމެވެސް އަގުބޮޑު ރެސްޓޯރެންޓަކަށެވެ. 

އެހެންކަމުން ސީއެންއެމް ބަދިގޭގައި މިއަދު ބެލްޖިއަން ވަފުލްސް އެފަދަ ތާކަށް ނުގޮސް ގޭގައި ފަސޭހަ ކަމާއިއެކު ތައްުޔާރުކޮށްލެވޭނެ ގޮތެއް ކިޔާލަދޭނަމަވެ. 

ބޭނުންވާ ތަކެތި:

  • ތިން ބިސް
  • 2 ތަށި ކިރު (ޕެކެޓު ކިރު)
  • 1/2 ސައިސަމުސާ ވެނީލާ އެސެންސް
  • 2 ތަށި ފުށް
  • އައިސްކްރީމް 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތިން ބިސް ތަޅާލުމަށްފަހު ބިހުގެ ހުދުބަޔާއި ރީދޫ ބައި ވަކިކޮށްލާށެެވެ. ފުރަތަމަ ބޭނުންކުރާނީ ރީދޫ(ޔޯލްކް) ބައެވެ. ތިން ބިހުގެ ތެރެއިން އެންމެ ފުރަމަ ބޭނުންކުރާނީ ދެބިހެވެ. އެ ދެބިހުގެ ޔޯލްކް ތެރެއަށް ދެތަށި ކިރާއި، 1/2 ސަމުސާ ވެނީލާ އެސެންސް އެއްކޮށްލާފައި ރަނގަޅަށް ގިރާލާށެވެ. މިކްސަރެއްް ބޭނުމެއް ނުވާނެއެވެ. ހަމަ ސަމުސަލަކުން އެއްކޮށްލާށެެވެ. ދެން އިތުރު ބިހެއްގެ ޔޯލްކް އަނެެއްކާވެސް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

އެއަށްފަހު 2 ތަށި ފުށް ވަކިވަކިން އެއްކުރަމުން ގެންދާށެވެ. މިކަަމަށް މިކްސަރެއް ބޭނުންކުރަންވާނެއެވެ. ދެން ކުރިން ނެގި ތިންބިހުގެ ހުދުބައިވެސް ރަނގަޅަށް މިކްސަރަކުން ގިރާލާށެވެ. އޭރަށް ހުދު ފޯމެއް އުފެދޭނެއެވެ. އެ ފޯމް ކުރިން ތައްޔާރުކުރި މިކްސާގެ ތެރެއަށް 1/2ލޮނުކޮޅެއް ޖަހާލުމަށްފަހު އަޅާ އެއްކުރަމުން ގެންދާށެވެ. ރަނގަޅަށް އެެއްވުމުން ވަފްލުސް ފިހާ އެއްޗަކަށް ތައްޔާރުކުރި މިކްސާ އަޅާލާށެެވެ. 

އޭރުން ހުންނާނީ ވެފްލްސް ރެޑީވެފައެވެ. ގާނިޝް ކޮށްލުމަށް ވެފްލްސްގެ މަތީގައި އައިސްކުރީމް ސްކޫޕްއެއް އަދި ޗޮކްލެޓް ސިރަޕު އަޅާލުމަށްފަހު ސާވްކޮށްލާށެވެ. ބޭނުންނަމަ ފްރުޓްސް ވެސް މައްޗަށް އެއްކޮށްލެވިދާނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް