ads
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ވަހީދު--
ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ހުންނަން ޖެހޭތީއެއްނޫން: ޑރ. ވަހީދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރި ކަމުގައި ހުންނަން ޖެހޭތީ އެއްނޫން ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޑރ. ވަހީދު މިހެން ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ނޫން ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. 

ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ބޮޑުވަޒީރަށް ވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ސަރުކާރަށާއި، ރައީސް ސޯލިހަށް އަދި ހާއްސަކޮށް ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް