ads
އާދައިގެ ސިކުނޑިއަކާއި އެލްޒައިމާސް ޖެހިފައިވާ ސިކުނޑިެއެއްގެ ތަފާތު --- ފޮޓޯ: ވިކިޕީޑިއާ
އެލްޒައިމާސްގެ ފުރަތަމަ އަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟
އެލްޒައިމާސް ނުވަތަ ހަނދާން ނެތުމުގެ ބަލި އޭބުނުމުން ގިނަ މީހުންނަށް ސިފަވާނީ އުމުރުގެ ފަހު ދުވަސް ކޮޅަށް އަޅާލުމުން ފާޅުވާ ބައްޔެއްގެ ސިފައިގައެވެ.

އެހެން ނަމަވެސް، ބައެއް ފަހަރު އުމުރުން 40 ނުވަތަ 50 ގައި އުޅޭ މީހުންގެ ފަރާތުންވެސް މިބަލި ފާޅުވުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އެލްޒައިމާސް ބައްޔަށް ފަރުވާ ކުރުމަށްޓަކައި އެތަކެއް ޒާތުޒާތުގެ ބޭސްތައްވަނީ ތަރައްގީ ކުރެވިފައެވެ. އެހެން ނަމަވެސް މިބައްޔަށް ދާއިމީ ޝިފާއެއް ހޯދުމަށްޓަކައި ސައިންސްވެރިންނާއި ޑޮކްޓަރުންނާއި ބޭސްވެރިކަމުގެ ދާއިރާގެ ބޮޑު ޕަސަންޓެއް މަސައްކަތް ކުރަމުންދާތާ އެތަކެއް އަހަރެއް ވެއްޖެއެވެ. އެލްޒައިމާސް ފަދަ ބައްޔަކާ ކުރިމަތި ލާންޖެހުމަކީ ޝައްކެއްނެތް ގޮތުަގައި ވަރަށް ބިރުވެރި ކަމެކެވެ. އާއިލާ މީހުން އަދި ގާތް ރަށްޓެހިންގެ ލޮލަށް ފެންނައިރުވެސް ވަކިކުރަން ނޭނގުމީ އެއްވެސް މީހަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. މިލިޔުމުގައި އެލްޒައިމާސްގެ ފުރަތަމަ ނިޝާންތަކުގެ އިތުރުން ތަފާސް ހިސާބުތަކާއި ކަމާބެހޭ މާހިރުންގެ ލަފަޔަށް އަލި އަޅުވާލާނަމެވެ.

ފުރަތަމަ އަދި އެންމެ އާންމު ނިޝާނަކީ، ކުއްލި ގޮތަކަށް މީހާގެ ހަނދާނުން އެއްޗެހި ފިލަން ފެށުމެވެ. މަސައްކަތެއް ކުރަން ހަނދާން ނެތުން ނުވަތަ އަތުން އެއްޗެއް ގެއްލުން އެއީ އާއްމު ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ދިމާވެދާނޭ ކަންތައްތަކެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ވަރަށް އަބަދު ކަންކަން ހަނދާން ނެތޭނަމަ، އެއީ ނުރައްކާގެ ނިޝާނަކަށް ވެދާނެއެވެ. އަބަދު އެއްސުވާލުތަކެއް އެހުމާއި، ދާދި ދެންމެ ބުނެވޭ ވާހަކަތައް ހަނދާން ނެތުން، އަދި ގިނަފަހަރު މުހިންމު ދުވަސްތަކާއި ތާރީހުތައް ހަނދާން ނެތެން ފެށުމަކީ އެލްޒައިމާސްގެ ވަރަށް ބޮޑު ނިޝާނެކެވެ.

އެއްޗަކަށް ބަލައިގެން އެއްޗެއް ލިޔުން ނުވަތަ އިރުޝާދު ތަކަކާއި އެއްގޮތަށް ކަންތައްކުރުމަކީ ގިނަ މީހުންނަށް އާދައިގެމަތިން ފަސޭހަކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އެލްޒައިމާސްގެ ބަލި ސިކުނޑިތެރޭގައި ތަރައްގީ ވަމުން އަންނަ މީހާއަށް އެފަދަ މަސައްކަތްތައް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެކަހަލަ މަސައްކަތް ތަކާމެދު ވިސްނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެފައި ހަވާލުކުރެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ނިންމަން އާދަޔާ ހިލާފަށް ގިނައިރުވެގެންވެސް ހިނގައިދާނެއެވެ.

އެލްޒައިމާސްގެ ނިޝާންތަކުގެ ތެރޭގައި މީހާ އާންމުކޮށް ކުރާ ކަންތައްތައް ހަނދާން ނެތިގެން ދިއުމަކީވެސް ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު ކުރާ ރޫޓީން ކަންތައްތައް ހަނދާން ނެތުން ހިމެނެއެވެ. މިސާލަކަށް ބުނާނަމަ އާންމުކޮށް ދަތުރުކުރާ ތަނަކަށް ދާނެގޮތް ހަނދާން ނެތުމާއި، އާންމުކޮށް ބަލާ ޓީވީ ޕްރޮގްރާމެއްގެ މަތިން ހަނދާން ނެތުމާއި އަދި އުނދުނެއް ފަދަ އެއްޗެހި ބޭނުންކުރުމުގައި ދަތިތަކާ ދިމާވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބައެއްފަހަރު ކޮން ދުވަހެއް ކަމާއި ކޮން ގަޑިއެއް ކަން ހަނދާން ނެތުމަކީ އާދައިގެ މީހާއަށް ވެގެން ގޮސްދާނެ ކަމެކެވެ. އެހެންނަމަވެސް އަބަދުގެ ގޮތެއްގައި ނުވަތަ ފާހަގަކުރެވޭ ވަރަށް މިގޮތަށް ކަންކަން ހަނދާން ނެތެން ފެށުން މިއީ ޑޮކްޓަރަށް ދެއްކުމަށްޓަކައި ދެވޭ ގްރީން ލައިޓެކެވެ. އަލްޒައިމާސް ބަލި ޖެހިފައިވާ މީހުންގެ ސިކުނޑިއަށް އެލިބޭ މެމޮރީ ލޮސް އާ އެކު އެކި ވަގުތުތަކުގައި ހިނގާފައިހުރި ކަންތައް ހަނދާން ނައްތުވާލައެވެ. މީގެ ސަބަބުން އެމީހުންގެ ހިތުގައި ކަންކަމާމެދު އޮޅުން ބޮޅުން އަރައި މާޔޫސް ކަމާއި ހިތް ނުތަވަސްކަމަށް މަގުފަހިކޮށްދެއެވެ.

ބައެއް މީހުންނަށް އާދައިގެ މަތިން ތަސްވީރެއްގައި ލިޔެވިފައިވާ ލިޔުމެއް ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެލްޒައިމާސްގެ ނިޝާންތަކުގެ ތެރޭގައި ވިޒުއަލް އިމޭޖަރީ ދެނެގަތުން ހިމެނޭކަން އާންމު މީހާއަށް ނޭންގިފައި ވިޔަސް، މީހަކަށް ވަކި ދުރުމިނެއްގައި ލިޔެވިފައިވާ އެއްޗެހި ދެނެގަތުމުގައާއި ނުވަތަ ކުލަތަކެއް ތަފާތުކުރަން އެނގުމުގައި ގިނަގިނައިން އުނދަގޫތަކާ ކުރިމަތި ލާން ޖެހުމަކީވެސް ހަމަ އެލްޒައިމާސް ގެ ނިޝާން ތަކުގެ ތެރޭގައި އިންނަ މަރުހަލާ އެކެވެ. އަދި އެއާއެކު ލޯގަނޑެއް ކުރިމަތިން ވިޔަސް ފޮޓޯ ތަސްވީރަކުންވެސް އަމިއްލަ މީހާގެ ސިފަ ފެނިފައި އެއީ ކާކުކަން ނޭނގުމަކީ ވެސް އެއީ އެލްޒައިމާސް ގެ ބިރުވެރި ނިޝާނެކެވެ.

ވާހަކައެއްގެ މެދުތެރެއިން ކުއްލިއަކަށް ވާހަކަ ދެކެވެމުންދާ މައުލޫއާމެދު ވާހަކަ ދައްކަން އުނދަގޫވެ، އަނގައިން ބަސް ބުނަން ގަސްތުކޮށްފައި ހުއްޓަ ކުއްލިއަކަށް ބޭރުކުރަން ގަސްތުކުރި ބަސް ހަނދާންނެތުން މިއީވެސް އެލްޒައިމާސްގެ ވަރަށް ބޮޑު ނިޝާނެކެވެ. އަދި އާދައިގެ ގިނަ މީހުނަށް ދަންނަ އެނގޭ އެއްޗަކަށް ކިޔާނޭ ނަމެއް ނޭނގިގެން ބޯގާނަން ޖެހިގެން މުޅިން ހަމަނުޖެހޭ އެއްޗެއް ބުނަންޖެހޭ ދަނޑިވަޅުތަކާ ގިނަ ފަހަރު ކުރިމަތިލާން ޖެހުމަކީވެސް އެލްޒައިމާސްގެ ނިޝާނެކެވެ.

މިލިޔުމުގައި ތަންކޮޅެއް ކުރިން ބުނެވިފައިވާ ފަދައިން، އާދައިގެ މީހަަކަށް އެއްޗެއް ބޭއްވުނު ތަނެއް ހަނދާން ނެތިގެން އޭތި ގެއްލެން މެދުވެރިވުމަކީ ހަމަ ބައެއްފަހަރު ކޮންމެ މީހަކަށްވެސް ވެދާނެކަމެކެވެ. އެހެން ނަމަވެސް، ދާއިމީ ގޮތެއްގެ މަތިން އަތުން އެއްޗެހި ލެވުންތަން ހަނދާންނެތި އެތަކެތި ގެއްލުން މިއީ އެލްޒައިމާސްގެ ވަރަށް ބޮޑު ނިޝާނެކެވެ. ގިނަ ފަހަރު އެތަކެތި އަނބުރާ ހޯދޭ ފަހަރެއްގައިވެސް، އެތަކެތި ހޯދާއިރު މީހާ ހުންނާނީ ވަރަށް ބޮޑަށް ނުތަނަވަސްވެ ބޯ ހަލާކުވެފައެެވެ. އަދި ބައެއް ހާލަތްތަކުގައި އެލިބޭ ރިހުމުގައި އެހެން މީހުން އެތަކެތި ގެއްލުވާލީ ކަމަށްވެސް ހީކުރެވޭ ދަނޑިވަޅުތަށް ނޯޓުކުރެވިފައި އެބަހުއްޓެވެ.

އެލްޒައިމާސް އަކީ މީހާގެ ސިކުނޑީގެ ބާރު ދަށްކޮށްލައި މީހާއަށް ހެވާނުބައި އޮޅުވާލައި މީހާގެ ވިސްނުން ކޮށިކޮށް ބަލިކަށީ ކޮށްލާ ބައްޔެކެވެ. މީގެ ސަބަބުން، އެމީހާއަށް ރަނގަޅުނޫން ގޮތްގޮތަށް ކަން ނިންމި ސްކޭމް އާޓީސްޓުންނާއި ކޮން އާޓިސްޓުންގެ އަވައިގައި ޖެހެން ފަސޭހަ އަމާޒަކަށް ވެގެންދެއެވެ. އަދި ރަނގަޅުނޫން ގޮތްގޮތަށް ކަންކަން ކުރުމުގެ ތެރޭގައި އަމިއްލަ މީހާގެ ސިއްހަތާއި ސާފުތާހިރުކަމަށްވެސް ނުބެލި އިތުރަށް ދުޅަހެޔޮކަން ގޯސްވުމަށް މަގުފަހިވެގެން ދެއެވެ.

އާންމުކޮށް ކުރާ ހިތުން ކުރާ ކަންތައްތަކާއި، ހޮބީތަކާއި، މީހާއަށް ހިތްއުފާ ލިބޭ ކަންތައް ތަކުން އުފާ ނުލިބި ފޫހިވެގެން ދިއުމަކީވެސް ކޮންމެ މީހެއްވެސް ކަންބޮޑު ވާންޖެހޭ ކަމެކެވެ. އަދި ގިނަ ވަގުތު ގިނިކަންޏާ ހޭދަކޮށް، އާއިލާއާއި ލޯބިވާ މީހުންނާއި ދުރުގާ ހުރުމަކީވެސް ހަމަ އެހާމެ ކަންބޮޑު ވާންޖެހޭ ކަންކަމެވެ. ސަބަބަކީ، މިގޮތަށް ކަންކަން ހިނގައި ދިއުމަކީވެސް އެލްޒައިމާސްގެ ވަރަށް ބޮޑު ނިޝާނެކެވެ.

އެންމެ ފަހު ނިޝާނެއް ގޮތުގައި ފާހަގަ ކޮށްލަންޖެހޭ ކަމަކީ، އެލްޒައިމާސް ބަލިޖެހިފައިވާ މީހުންގެ މިޒާޖަށް އަންނަ ބަދަލުތަކެވެ. މީހާ އާންމުކޮށް ނޫޅޭ ގޮތްގޮތަށް އުޅެން ފެށުމަކީ އެންމެ ފަސޭހައިން ދެނެގަނެވޭނެ އެއްކަމެވެ. ގިނަ މީހުން ކަންކަމާ އިތުރަށް މާޔޫސްވެ، އާދަޔާ ހިލާފަށް ރުޅިގަދަވެ ނުވަތަ އާދަޔާ ހިލާފަށް ހާސްވުމަކީ ވެސް އެލްޒައިމާސްގެ ވަރަށް ބޮޑު ނިޝާނެކެވެ.

މި ރިޕޯޓު ބިނާވެގެންވަނީ ވައިރަލް ވެންޗޫރާ އިން ކުރެވިފައިވާ ތަފާސް ހިސާބުތަކުގެ ދިރާސާއާއި އަންދާޒާއަށެވެ.   

  

    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް