ads
ރޯދައަށް ހުންނައިރު ރުޅި އާދޭތަ؟
ރޯދައަށް ހުންނަ އިރު ރުޅި އާދޭތަ؟
ރުޅި އައުމަކީ ސިއްހީގޮތުން އިންސާނާއަށް އެންމެ ގެއްލުން ދޭ އެއް ޖަޒުބާތެވެ.

ރުޅި ގަދަވުމުގެ ސަބަބުން އޭގެ ގެއްލުން ތިމާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުރެއެވެ. އެގޮތުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ޑިޕްރެޝަނަށް މަގުފަހިވުން ފަދަ ކަންކަންވެސް ރުޅީގެ ސަބަބުން ދިމާވެއެވެ. 

މިގޮތުން ރޯދައަށް ހުންނައިރު ވެސް ރުޅި ގަދަވުމަކީ ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. ސަބަބަކީ ބަނޑުހައިވުމާއި ކެތްތެރިކަން އިސްކުރުމަކީ އާންމު ހާލަތްތަކުގައި އެފަދަ ފަރާތްތަކަށް އާންމުކަމަކަށް ނުވާތީކަމަށް ވެސް ވެދާނެއެވެ.

މިގޮތުން ރޯދަށް ހުރެ ސިނގު ރުޅި އަންނަ ނަމަ ކުރުވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ. 

ބަހެއް ބުނުމުގެ ކުރިން ވިސްނުން: 

ރުޅިއައުމުން މީހުންނާއި ދިމާލަށް ބުނަން ބޭނުންނުވާ ކިތަންމެ ބަހެއް ބުނެއެވެ. ނަމަވެސް ރޯދައަށް ހުރެ ތިމާގެ ބަހާއި އަމަލުތައް ސާފުކޮށް ބެހެއްޓުމަކީ ތިމާގެ ޒިންމާއެކެވެ. މިހެންކަމުން ރޯދަމަހު ރޯއަށް ހުރެ ރުޅި އައި ކަމުގައި ވީނަމަވެސް ރުޅި ކޮންޓްރޯލް ކުރަން އޮތް އެންމެ ފުރަތަމަ ހައްލަކީ ބަހެއް ބުނުމުގެ ކުރިން ވިސްނުމެވެ. 

ރުޅި އައި ސަބަބު ކިޔައި ދިނުން:

ރުޅި ކޮންޓްރޯލް ކުރުމަށް ކުރަން އެންމެ ރަނގަޅު އެއްކަމަކީ ރުޅިއައި ސަބަބު ރުޅިއައި ބަޔަކަށް ކިޔައިދީ އެ މައްސަލަތައް ހައްލުކުރުމެވެ. މިގޮތުން ރޯދައަށް ހުންނައިރު ވެސް ރުޅި އައިސްފިނަމަ ރުޅި މަޑުކޮށް ރުޅި އަންނަން ޖެހުނު ސަބަބަކީ ހިތްހަމަނުޖެހޭ ސަބަބެއްކަން އަނެކާއަށް ނުވަތަ ދެން ތިބި މީހުންނަށް ކިޔައި ދެވިދާނެއެވެ. 

ކަސްރަތު ކުރުން:

ކަސްރަތު ކުރުމަކީ ވެސް ރުޅި އައުމުން މީހާ ސަލާމަތް ކޮށްދޭ އެއްކަމަކީ ވެސް ކަސްރަތުކުރުމެވެ. ރޯދަމަހުވެސް ގަވާއިދުން ކަސްރަތުކުރަމުން ގެންދިއުން މުހިންމެވެ. ދުވާލު ވަގުތުތަކުގައި ކަސްރަތު ކުރަން އުނދަގޫނަމަ ރޭގަނޑު ވަގުތެއް ހޯދައިގެން ވިއަސް ކަސްރަތު ކުރެވިދާނެއެވެ. 

ކޮންމެ ދުވަހަކު ވެސް ހުސް ވަގުތުކޮޅެއް ހޯދުން

ކޮންމެ މީހަކީވެސް އެމީހަކު އަމިއްލަ ވަގުތު ބޭނުންވާނެ މީހެކެވެ. މިގޮތުން މެޑިޓޭޓް ކޮށްލަން ނުވަތަ ޔޯގާ ހަދާލަން ވިއަސް ކޮންމެ ދުވަހަކުވެސް ހުސް ވަގުތުކޮޅެއް ހޯދިދާނެއެވެ. ރޯދަމަހު ވެސް މިގޮތަށް ކޮންމެވެސް ވަގުތުކޮޅެއް އަމިއްލަ ނަފްސަށްޓަކައި ހުސްކޮށްލެވިދާނެއެވެ. އެގޮތުން ރޯދަމަހުގެ ފަތިހު ވަގުތަކީ މިގޮތަށް ހުސްކޮށްލަން ކަމުދާނެ ވަގުތެކެވެ. 

އެހެން މީހުންނަށް އިހުތިރާމް ކުރުން:

މީހެއްދެކެ ނުބަތަ ބަޔަކު ދެކެ ރުޅި އައުމުން ހައްލުކޮށްދޭނެ އެއްކަމަކީ އެހެން މީހުންނަށް އިހުތިރާމް ކުރުމެވެ. މިގޮތުން އަބަދުވެސް އަމިއްލަ މީހާއަކީ ވެސް ހަމަ އެހެން މީހުންފަދަ އިންސާނެއްކަން ގަބޫލުކުރުމާއި، އަމިއްލަ މީހާ އަބަދުވެސް އެހެން މީހަށްވުރެ "މަތީ" "މާތް" ނުވަތަ "ޝަރަފުވެރި" ކަމަށް އަމިއްލައަށް ދެކުން ހުއްޓާލުމުން ވެސް އެހެން މީހުންނަށް އިހުތިރާމްކުރަން ފެށޭނެއެވެ. 

ރަނގަޅު ކާނާ ކެއުން

ރޯދަ ވިއްލާއިރު އަދި ހާރު ކާއިރު ވެސް ސިނގު ރުޅި އަންނަ މީހުން އަދި ލޭ މައްޗަށް ދާމިހުން ތެޔޮ ތަކެއްޗާއި، ކޮލެސްޓްރޯލް މަތި ތަކެތި ކެއުން އެހާ ބުއްދިވެރިއެއް ނޫނެވެ. އެގޮތުން ތަރުކާރީ، މޭވާ، ފަލަމަޑި، ގޮވާން، މަހުގެ ބާވަތްތައް މިންހަމަކޮށް ކެއުމަކީ ވެސް ރުޅި ކޮންޓްރޯލް ކުރެވިދާނެކަމެކެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް