ads
ސްކޫލު ދަރިވަރުންތަކެއް ފޮޓޯ:---
ދިރާސީ އާއަހަރުގެ ކަލަންޑަރު ނެރެފި، ބޮޑު ޗުއްޓީ ޖުލައި އަށް!
މިއަހަރުގެ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރުގެ ކަލަންޑަރު ނެރެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ކަލަންޑަރުގައި ވާ ގޮތުން، ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓު 10 ގައެވެ. 

އެގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން އޮންނާނީ އޮގަސްޓު 10 އަކުން ޑިސެމްބަރު 23 އަށެވެ. ފުރަތަމަ ޓާމް ބްރޭކް ލިބޭނީ 17 އޮކްޓުބަރުން 21 އޮކްޓޫބަރަށް ކަމަށް މި ކަލަންޑަރުގައި ވެއެވެ.

މި ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 16 އިން ފެށިގެން 30 ޖޫންގެ ނިޔަލަށެވެ. އަދި ދެވަަނަ ޓާމް ބްރޭކް ލިބޭނީ ތިނެއް އޭޕްރީލް އިން ހަތެއް އޭޕްރީލް އަށް ކަމަށް މި ކަލަންޑަރުގައި ވެއެވެ.

މީގެ އިތުރުން ދިރާސީ އާ އަހަރު ނިންމާ، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަތެއް އޮގަސްޓުގެ ނިޔަލަށެވެ. 


މީގެ ކުރިން ދިރާސީ އަހަރު ފަށަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިންމާލާއި، ރިޕޯޓް ފޮތް ނޮވެމްބަރު މަހުގެ ފަހުކޮޅު ދެ އެވެ. އެއާއެކު ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިގެންދާއިރު، ބޮޑު ޗުއްޓީގެ ގޮތުގައި ދޮޅު މަސް ލިބިގެންދެ އެވެ.  

ނަމަވެސް ކޮވިޑް 19ގެ ހާލަތާއި ގުޅިގެން، ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުތައް ބަންދުވެ، ދަރިވަރުންގެ ކިޔެވުމަށް މި ފާއިތުވި އަހަރު ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެއާއެކު މި ބަދަލު މިނިސްޓްރީން ގެނައީ ހިޔާލު ހޯދުމުގެ ސާވޭ އެއް ކުރިއަށް ގެންދިއުމަށް ފަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް