ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ފަތުރުވެރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ހަމަޖައްސަނީ
ރާއްޖެއަންނަ ފަތުރުވެރިންނަށް އެއްއަހަރުގެ ވިސާ ދިނުނުމަށްޓަކައި އިމިގްރޭޝަނާއެކީ މަޝްވަރާތަކެއް ކުރެވިގެން ދާކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސީޢެންއެމްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އިމިގްރޭޝަނާ ގުޅިގެން ރާއްޖެއަށް ގިނައިން އަންނަ ފަތުރުވެރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދެވޭ ގޮތަށް މަޝްރޫއުއެއް ހަމަޖައްސަމުން ގެންދަވާކަމަށެވެ. 

އަދި ބޮޑަށް ލަފާ ކުރެވޭގޮތުގައި މި މަޝްރޫއު އިމްޕްލެމެންޓް ކުރެވޭނީ ރޯދަމަހަށް ފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ނަމަވެސް މިކަމާ ބެހޭގޮތުން އިމިގްރޭޝަނުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް