ads
ކުރިކެޓް ކާނިވަލް ފެށޭނީ އަންގާރަ ޑުވަހު
ބޮޑު ބްރޭކަކަށް ފަހު ކުރިކެޓް އަލުން ފަށަނީ
ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މާލޭގައި ކުރިކެޓް ރަސްމީ ގޮތުން މިއަދު އަނެއްކާވެސް ފަށާނެއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު، އަލުން މިއަދު މާލޭގައި ކުރިކެޓް ފަށާއިރު އެންމެ ފުރަތަމަވެސް އޮންނާނީ ރަމަޟާން ކުރިކެޓް ކާނިވަލުގައި ހިމެނޭ އޯޕަން މުބާރާތެވެ. އޭނގެ ފަހުން އިންޓަރ އޮފީސް މުބާރާތާއި ކުންފުނިތަކުގެ މުބާރާތްވެސް އޮންނާނެއެވެ. 

ކުރިކެޓް ކާނިވަލް އަލުން މިއަދު ފެށޭއިރު، މިދިޔަ އަހަރަކީ މިދިޔަ ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ކުރިކެޓް ކާނިވަލު ނުބޭއްވި ދިޔަ ފުރަތަމަ އަހަރުވެސް މެއެވެ.

ކޮވިޑާ ގުޅިގެން މެދު ކެނޑިފައި އޮތުމަށް ފަހު އަލުން ކުރިކެޓް މިއަދު މި ފަށަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ. ކުރިކެޓް ބޯޑުންވަނީ އަލުން މިއަދު ކުރިކެޓްގެ ހަރަކާތްތައް ފެށުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުބާރާތްތައް ކުރިއަށް ގެންދާނެ އިންތިޒާމްތައް ރާވާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް