ads
ޝްރުތީ ހަސަން
ޝުރުތީ ހަސަންގެ ކުރިޔަށް އޮތް ފިލްމުގައި އޭނާ ކުޅެނީ ނޫސްވެރިއެއްގެ ރޯލް
ބޮލީވުޑްގެ ތަރިި ޝްރުތީ ހަސަން ކުރިޔަށް އޮތް ފިލްމުގައި ކުޅެނީ ނޫސްވެރިއެއްގެ ރޯލެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އެންޓަޓެއިންމަންޓް ޓައިމްސްގައި ތަރިި ޝްރުތީ ހަސަން ކުރިޔަށް އޮތް ފިލްމުގައި ކުޅެނީ ނޫސްވެރިއެއްގެ ރޯލްކަމަށް ބުނެފިއެވެ.

ޝްރުތީ ހުންނަނީ އޭނާގެ މަސައްކަތާދޭތެރޭ ވަރަށް ހިއްހަމަޖެހިފައެވެ. އެންމެ ފަހުން  ޝްރުތީ ފެނިފައިވަނީ "ވަކީލް ސާބް" މިފިލްމުންނެވެ. މީހުންގެ މަގުބޫލްކަން މި ފިލްމުންވެސް ޝުރުތީ ވަނީ ހޯދާފައެވެ. މީގެ އިތުރުން ތެލުގޫ ފިލްމެއް ކަމަށްވާ "ކްރެކް" އިންވެސް ޝްރުތީ ވަނީ ފެނިފައެވެ.

މިހާރު ކުޅެން ޝްރުތީ ސޮއި ކުރި ފިލްމުގައި ކުޅެނީ ސިޔާސީ ނޫސްވެރިއެއްގެ ރޯލެވެ. މިފިލްމު ޑައިރެކްޓު ކުރަނީ ކަންނާޑާ ފިލްމު ހަދާ ޕްރަޝާންތު ނީލެވެ. 

މިފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފަވަނީ ހައިދަރު އާބާދީގައި ކަމަށާއި އަންނަ އަހަރު އޭޕްރީލްގައި ޝްރުތީގެ މިފިލްމު ބެލުންތެރިންނަށް ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް