ads
ކޮވިޑް 19 ގެ ސާމްޕަލް ނެގުމުގެ ތެރެއިން:
ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މަތީގައި
ރާއްޖެއިން އިތުރު 157 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޓެސްޓު ކުރެވުނު 3،122 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 157 މީހުން ކަމަށާއި، އެއީ މާލެ ސަރަހައްދުން 71 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 72 މީހުންނާއި، ރިސޯޓްތަކުން 12 މީހެއް ކަމަށެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 26،505 އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2،735 ގައި އުޅޭއިރު 68 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 23،691 ގައި އުޅޭއިރު، މިހާތަނަށް 70 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް